އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާނޫނަށް ގޮން ޖައްސަވާތީ އެމެރިކާގެ އިސް ފެޑެރަލް ފަނޑިޔާރެއް ކަމަށްވާ މާކް އެލްވުލްފް އިހުތިޖާޖު ކުރުމުގެ ގޮތުން އިސްތިއުފާ ދެއްވައިފިއެވެ. 50 އަހަރުގެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ވުލްފް ވިދާޅުވީ، މިހާރުގެ ހާލަތުގައި ހިމޭނުން ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު ވުލްފް ލިޔުއްވި ލިޔުމެއްގައި ފާހަގަކުރެއްވި ގޮތުގައި، ޑިމޮކްރަސީއށް ރައްކާތެރިކަން ހޯދައިދޭ ބާރަކީ ޝަރުއީ ނިޒާމެވެ. ނަމަވެސް، ރައީސް ޓްރަމްޕް ގާނޫނު ބޭނުންކުރައްވަމުން ގެންދަވަނީ ސިޔާސީ ބަދަލު ހިފުމުގެ ބޭނުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ސަބަބުން، ފެޑެރަލް ކޯޓުގެ މި އިސް ފަނޑިޔާރު ވަނީ ރައީސް ޓްރަމްޕް ގާނޫނުގެ ހުދޫދުން އަމަލުކޮށް ގާނޫނުގެ ބާރު ސިޔާސީ މަގުސަދުތަކަށް ބޭނުންކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ފަނޑިޔާރު ވުލްފް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ރައީސް ޓްރަމްޕް އޭނާގެ އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައި، އެމީހުންނަށް އަދަބު ދެއްވުމަށް ގާނޫނުގެ ނަހަމަ ބޭނުން ކުރައްވައެވެ. އަދި އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި، ސާދާގަރުންގެ ތެރޭގައި ހިމެނޭ މީހުންނާއި މުއްސަނދި ރަހުމަތްރިން އަދަބު ލިބުމުން ސަލާމަތްކުރައްވައެވެ. މިއީ ގާނޫނީ ނިޒާމުގެ ހަމަހަމަކަމަށް ހުރަސްއަޅާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާކް އެލްވުލްފް ފަނޑިޔާރުކަމަށް އައްޔަން ކޮށްފައި ވަނީ 1985 ވަނަ އަހަރު ރައީސް ރޮނަލްޑް ރޭގަންގެ ދައުރުގައެވެ. ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މި ފަނޑިޔާރު އިސްތިއުފާ ދެއްވުމަކީ އެމެރިކާގެ ޝަރުއީ ދާއިރާގެ މިހާރުގެ ހާލަތު ދައްކައިދޭ ކަމެކެވެ.







