މިޞްރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އުންމު ކުލްޘޫމްގެ ލަވަތަކުން ޔަހޫދީ ބޭންޑަކުން ވައްކަން ކުރާ ކަމަށް މިސްރުން ތުހުމަތުކޮށްފިއެވެ. އުންމު ކުލްޘޫމްގެ އާއިލާއިންނާއި މިޞްރުގެ އާންމުންގެ ފަރާތުން ވަނީ މިކަމާ މެދު ހިތްހަމަ ނުޖެހުމަކާއި ރުޅިވެރިކަން ފާޅުކޮށްފައެވެ. އާއިލާއިން މިކަން ސިފަކޮށްފައިވަނީ، އެ ފަރާތުގެ ހުއްދަ ނެތި، މަރުވެފައިވާ ފަންނާނާގެ އަޑާއި ސޫރައިން ވައްކަން ކުރަނީ ކަމަށެވެ.
އުންމު ކުލްޘޫމްގެ މާމަ ދަރި، ޖީހާން އައްދަސޫޤީ، ޓީވީ ބަޔާނެއްގައި ބުނީ، އޭނާގެ މާމަގެ ފަންނީ ތަރިކައަކީ އޭނާ މަރުވުމަށް ފަހު ޒަމާންތަކެއް ވިނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ގިނަ ބަޔަކަށް ހިތް އުފާވެރިކަން ގެނަސްދޭ ފަންނީ މަސައްކަތްތަކެއް ކަމަށެވެ. އޭނާ އުންމު ކުލްޘޫމް ސިފަކޮށްފައި ވަނީ "މިޞްރުގެ ހަތަރުވަނަ ޕިރަމިޑް" ގެ ގޮތުގައެވެ.
ޖީހާން އައްދަސޫޤީ ވަނީ އުންމު ކުލްޘޫމްގެ އަޑު ބޭނުންކޮށްގެން ނުވަތަ ސޫރައިން ވައްކަން ކޮށްގެން ޔަހޫދީންގެ ގައުމުގައި އެއްވެސް ކޮންސަރޓެއް ނުބޭއްވުމަށް ފައެވެ.
އުންމު ކުލްޘޫމް މަޝްހުރުވެފައި ވަނީ ކައުކަބުއް ޝަރުޤުގެ ލަގަބުންނެވެ. ކައުކަބުއްޝަރުޤު ނިޔައުވިތާ 50 އަހަރު ވެއްޖެއެވެ.
އާއިލާގެ ވަކީލު ޔާސިރު ޤަންޠޫޝް ވިދާޅުވީ، އަވަހާރަވެފައިވާ ފަންނާނާގެ ލަވަތަކުން ޔަހޫދީން ވައްކަން ކުރުމަކީ ފިކުރީ މިލްކުވެރިކަމު ގެ ޙައްޤުތަކަށް އަރައިގަތުމެއް ކަމުގައެވެ. އަދި ޔަހޫދީން ފިކުރީ މުދަލުން ވައްކަން ކުރާނަމަ ޤާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ޤަންތޫޝް ވިދާޅުވިއެވެ.
ޢިބްރާނީ ބަހުން ނެރޭ ނޫސް، "މަޢާރީވް" ގައިވާ ގޮތުން، ކައުކަބުއްޝަރުޤުގެ ފިކުރީ މުދަލުން ވައްކަން ކުރަނީ "އައްނޫރު އޯކެސްޓްރާ" ނަމަކަށް ކިޔާ ޔަހޫދީ ބޭންޑަކުންނެވެ.







