ޓްރަމްޕްގެ ސިއްރު ފުލުހުން، ނޫސްވެރިޔާ ސާމީ ހަމްދީ ވަގަށް ނަގައިގެން ގެންގުޅު ގޮތުގެ ވާހަކަ

ޓްރަމްޕްގެ ސިއްރު ފުލުހުން ކަމަށްވާ އައިސް އިން ވަގަށް ނަގައިގެން ނިޒާމުން ގެއްލުވާލި އިނގިރޭސިވިލާތުގެ މުސްލިމު ނޫސްވެރިޔާ ސާމީ ހަމްދީ ބުނަނީ އޭނާ ވަގަށް ނަގައިގެން ގެންގުޅުނު ގޮތުން ހީވަނީ ފިލްމެއްގައި ކަން ހިނގާގޮތް އޭނާއަށް ފެންނަނީ ކަމަށެވެ.

އޭނާ ބުނީ އޭނާ ހައްޔަރު ކުރުމަށްފަހު ތިން އުޅަނދެގައި ބިޑި އަޅުވައިގެން ދަތިގޮތަކަށް ބާއްވައިގެން ޓްރަމްޕްގެ ސިއްރު ފުލުހުން އޭނާ އުފުލި ކަމަށެވެ. އަދި އޭނާއަށް ބަންދުކޮށް ބިޑި އަޅުގައި ގޮޅިތަކަށް ލާފައިޥާ މީހުންވެސް ފެނުނު ކަމަށާއި އެމީހުން ތިބީ ނިކަމެތި ހާލެއްގައި ކަމަށް ކިޔައި ދިނެވެ.

ފަލަސްޠިނުގެ މީހުންގެ ހައްގަށް ފާޅުގައި ސަޕޯޓު ކުރާ ސާމީ އެމެރިކާއަށް ދިޔައީ ލެކްޗަރތަކެއް ދޭށެވެ. އޭނައަކީ ޔަހޫދީން ހިންގާ ޖެނޮސައިޑާ ދެކޮޅަށް ކެރިގެން ވާހަކަ ދައްކާ މީހެކެވެ.

އޭނާ ބުނާ ގޮތުން ފްލޮރިޑާގެ އެއާޕޯޓުން އޭނާއާ ޓްރަމްޕްގެ ސިއްރު ފުލުހުން ކަމަށްވާ އައިސް އިން ގާތްވެފައި އޭނާ އެމެރިކާގައި ގަވާއިދާ ޚިލާފަށް ވިސާ ނެތި އުޅޭކަމަށް ބުންޏެވެ. އަދި ހައިރާން ކަމާއެކު އޭނާގެ ވިސާގެ މުއްދަތާއި އެނބުރި ދިއުމަށް ރާވާފައިވާ ދަތުރުގެ މައުލޫމާތު ދިނެވެ. ނަމަވެސް ސިއްރު ފުލުހުން ވަނީ މިހާރު އޭނާގެ ވިސާ އެމެރިކާ ސަރުކާރުން ބާޠިލު ކޮށްފައިވާތާ 3 ދުވަސް ވެފައިވާ ކަމަށާއި އެއަށްފަހުވެސް އެމެރިކާގައި އުޅެނީ ކީއްވެތޯ އަހާފައެވެ. އަދި ޖަވާބުގައި ވިސާ ކެންސަލް ކުރިކަން އެނގިފައި ނުވާ ކަމަށް ބުނުމުން ހައްޔަރު ކުރަން ދިމާ ކުރިއެވެ.

ޓްރަމްޕްގެ ސިއްރު ފުލުހުން އޭނާގެ ވިސާ ކެންސަލް ކޮށްފައި އޭނާއަށް އެކަން ނައަންގައި ބާއްވައި އޭނާ ގޮޅިއަކަށް ފައްތާލީއެވެ!

ސާމީ ބުނީ އޭނާގެ މައްސަލައަށް ސަމާލުކަން ލިބުނަސް އެމެރިކާގެ ސިއްރު ފުލުހުން ވަގަށް ނަގައި ނިޒާމުން ގެއްލުވާލާފައިވާ އެތައް ބަޔަލު އެބަތިބި ކަމާއި އެމީހުންގެ މައްސަލަތަކަށް ސަމާލުކަން ލިބެން ޖެހޭ ކަމަށެވެ.

ޓްރަމްޕްގެ ސިއްރު ފުލުހުން ވަނީ މިފަހުން އެމެރިކާގެ އަސްލު ދަރިކޮޅުގެ ޒުވާން އަންހެނަކުވެސް މަގުމަތިން ވަގަށް ނަގައި އޭނާ ޑިޕޯޓު ކޮށްލާނެ ކަމަށް ބުނެ ވާހަކަ ދައްކާއެވެ. އެންމެ ފަހުން މެދުނުކެނޑި އާއިލާއިން 20 ގަޑިއިރު މަސައްކަތް ކޮށްގެން ސިއްރު ފުލުހުންގެ އަތުން އޭނާ ސަލާމަތް ކުރެވުނެވެ. އެކަމަށް މައާފަށް އެދުމަށް އެންގުމުން ބުނެފައި ވަނީ އޮޅިގެން ހިނަގއި ދިޔަ ކަމެއް ކަމަށެވެ. މި ޒުވާނާގެ އާއިލާއިން ބުނެފައި ވަނީ ހުދު މީހުން އައިސް މި ބިން ހިފުމުގެ ކުރިން އެތައް ޖީލަކަށް އަދި އެތައް ސާސްކަފެއް ވަންދެން އެމީހުންގެ އާއިލާ އެފަސްގަނޑުގައި އާބާދުގެ ހަޟާރާއެއް ބިނާ ކުރި ކަމަށެވެ!

ހިއްސާ ކުރައްވާ!