ޣައްޒާއިން ނަސްލު ސާފުކުރުމަށް ޓްރަމްޕް ރާވާފައިވާ ރޭވުން ތަންފީޒުކުރަނީ

ޣައްޒާގައި ނަސްލު ސާފުކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވާފައިވާ ރޭވުން ތަންފީޒު ކުރުމަށް މަސައްކަތް ފަށައިފިއެވެ. މި އޮޕަރޭޝަން ހިންގާ މަރުކަޒުން މަސައްކަތް ކުރަމުން ދަނީ ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން އެއްކޮށް ނެރެ، އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް މީހުން ބަދަލުކޮށް އައްސޭރިފަށް ހުސްކޮށްލާ ގޮތަށެވެ.

މީޑިއާއަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި އޮޕަރޭޝަން ސެންޓަރަކީ އިޒްރޭލުގެ ސަރަހައްދުގައި ހަދާފައިވާ ވަރަށް ސިއްރު މަރުކަޒެކެވެ. މި މަރުކަޒުގައި ދައްކާ ވާހަކަތަކުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގެ އައްސޭރި ފަށުން ފަލަސްޠީނު މީހުން ދުރަށް ގެންދިއުމާ ބެހޭގޮތުން ބަހުސްކޮށް، އެކަން ހާސިލުކުރުމަށް ރޭވުންތައް ރޭވުމެވެ. ފަލަސްޠީނު ރައްޔިތުން ގެންގޮސް އާބާދު ކުރަން ރާވަމުން ދަނީ ޣައްޒާގައި އިޒްރޭލުން މިހާރު ހިފާފައިވާ "ބަފަރ ޒޯން" ގައި އަޅާ ވަގުތީ ގެތަކުގައެވެ.

މި އޮޕަރޭޝަން މަރުކަޒުގައި ފަލަސްޠީނުގެ އެއްވެސް މީހަކު ބައިވެރިކޮށްފައެއް ނުވެއެވެ. މި މަރުކަޒުގައި ތިބީ އިޒްރޭލާއި އެމެރިކާއާއި ޔޫއޭއީއާއި ކެނެޑާއާއި ޖަރުމަންވިލާތާއި ސިންގަޕޫރުގެ ތަޖުރިބާކާރުންނެވެ. މިމީހުން ވާހަކަ ދައްކަނީ ފަލަސްޠީނުގެ މީރުފެން ހުންނަ ތަންތަނާއި ފެން ފަށަލަ ފަދަ ވަރަށް ހައްސާސް މައްސަލަތައް ހޯދައި، އެ ތަންތަން ބޭނުންކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ. މިއިން ބައެއް މީހުންނަކީ ހަމާސް ކިޔާ ޖަމާއަތަކާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިޥާ ފަލސްޠނުގެ މައްސަލައަށްވެސް އަހުލުވެރި ބައެއް ނޫނެވެ.

މި އޮޕަރޭޝަން ހިންގާ މަރުކަޒުގައި އިސްކޮށް ވިލަރެސްވެރިއަކަށް ހުންނަނީ ޔަހޫދީ ފާދިރީއެއް ކަމަށްވާ އާރިއޭ ލައިޓިސްޓަން އެވެ. މީޑިއާއިން ލަފާކުރާ ގޮތުގައި، މި ސެންޓަރުން މަސައްކަތް ކުރަނީ ކުރިން ޓްރަމްޕް އިއުލާން ކުރި ނާކާމިޔާބުވި "ރިވޭރާ" އެއް ބިނާކުރުމަށް ޣައްޒާއިން ނަސްލު ސާފުކޮށްދިނުމަށެވެ.

ހިއްސާ ކުރައްވާ!