މި އަހަރުގެ ޚަރީފް މޫސުމްގައި ޕެރިހުގައި އުމުރުން 74 އަހަރުގެ އަންހެނަކު މަރާލުމުން ފްރާންސްގައި ދޮށީ އުމުރުގެ މީހުންގެ މެދުގައި ހިންގާ ގެވެށި އަނިޔާގެ ވާހަކަތަކަށް ސަމާލުކަން ލިބިފައި ވެއެވެ. ފްރާންސްގައި، ގެވެށި އަނިޔާއަކީ އާދައިގެ ކަމެކެވެ. އެގޮތުން 2024 ވަނަ އަހަރު 107 އަންހެނުން ގެވެށި އަނިޔާގައި މަރާލާފައި ވެއެވެ. އެމީހުން މަރާލާފައިވަނީ ހަޔާތުގެ ބައިވެރިޔާ ނުވަތަ ކުރީގެ ބައިވެރިއެކެވެ. އަދި، 26 އިންސައްތަ އަންހެނުން މަރާލާފައިވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނާ ގޮތުގައި ފްރާންސްގެ ސިޔާސަތުތައް ފޯކަސްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ޒުވާނުންނަށެވެ. އަދި މިމައްސަލާގައި އުމުރުން ދުވަސްވީ އަންހެނުންނާ މެދު އަޅާނުލައި ދޫކޮށްލާފައިޥާ ކަމަށެވެ.
ގެވެށި އަޔިނާއާ ބެހޭ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން ބުނާ ގޮތުގައި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ހިޔާތަކުގައި ގެވެށި އަނިޔާތަކަށް އެހީވާން ވަސީލަތްތައް ގާއިމްކޮށްފައެއް ނުހުރެއެވެ. އަދި ލިބެން ހުރިނަމަވެސް ހުންނަނީ މަދު ވަސީލަތެކެވެ. އެހެންވެ، ޑޮކްޓަރުން ވެސް ގިނަ ފަހަރަށް ގެވެށި އަނިޔާތަކަކީ އެކްސިޑެންޓްތަކެއް ކަމަށް އޮޅިގެން މާނަކުރާ ކަމަށް ބުނެއެވެ. އަދި މިފަދަ ސަގާފީ ހިމޭންކަމުގެ ސަބަބުން ދޮށީ އުމުރުގެ އެ ޖީލުގެ އަންހެނުންނަށް އެފަދަ ވާހަކަ ދެއްކުމަށް ހިތްވަރު ގެއްލިގެންދެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާ ހިންގާ މީހުން މުސްކުޅިވަމުން ދާއިރު، ހަޔާތުގެ ބައިވެރިޔާ މަރާލާ ފިރިހެނުންގެ އުމުރުވެސް 70 އަހަރުން މަތިކަމަށް ދައްކައެވެ.
Invisible Victims: France Confronts Domestic Violence Against Elderly Women







