ބިމުން ޖައްވަށް ފޮނުވާ ފްރާންސްގެ މިސައިލްގެ ނިޒާމު ކަމަށްވާ ހެމާ މިސައިލް އިންޑިއާގައި އުފެއްދުމަށް ފްރާންސުން އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިންޑިއާގެ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑް (ބީއީއެލް) އާއި ފްރާންސްގެ ސަފްރާން އިލެކްޓްރޯނިކްސް އެންޑް ޑިފެންސް (އެސްއީޑީ) އިން ވަނީ މިކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހެމާ މިސައިލް އަކީ ހައިލީ އެޖައިލް މޮޑިއުލާ މުނިޝަން އެކްސްޓެންޑް ރޭންޖް މިސައިލެވެ.
ދެފަރާތުންވެސް މި މަސައްކަތުގައި އެއްވަރަކަށް ޙިއްސާވާނެއެވެ. އަދި މިސައިލް އުފެއްދުމުގައި ސަމާލުކަން ދޭނީ އިންޑިއާއަށް ބޭނުންވާ މިސައިލް އުފެއްދުމަށާއި ބޭރަށް ސަޕްލައި ކުރުމަށާއި މެއިންޓެނަންސްގެ މަސައްކަތަށެވެ.
މި މިސައިލްތައް އިންޑިޔާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ ރާފަލް ފައިޓަރުތަކުގައި ހިމެނުމަށް ނިންމާފައި ވެއެވެ.
މި މިސައިލަށް ބޭނުންވާ އިންޑިއާގައި އުފައްދާ މުހިއްމު ބައިތައް އިންޑިއާގެ އަމިއްލަ އުފެއްދުމުގެ މިންގަނޑުތަކާ އެއްގޮތަށް 60 ޕަސެންޓާ ހަމައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މި އެއްބަސްވުމަކީ މިއަހަރުގެ ކުރީކޮޅު އެރޯ އިންޑިއާ 2025 ގައި ސޮއިކުރި އެއްބަސްވުމަކަށް ފަހު، އިންޑިއާ އާއި ފްރާންސްގެ ދިފާއީ އެއްބާރުލުން ބަދަހި ކުރުމަށް އެޅި ފިޔަވަޅެކެވެ.







