ފްރާންސްގެ ހައިސްކޫލުތަކަށް ފޯނު ވެއްދުން މަނާކޮށްފި

ހައި ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން "އަންނަ ދިރާސީ އަހަރުން ފެށިގެން" މަނާކުރުމަށް ނިންމައި ފްރާންސްގެ ރައީސް އެކަން އިއުލާން ކުރައްވައިފިއެވެ.

ފްރާސްނުން ބުނަނީ ކުދިން މާބޮޑަށް ފޯނާ ދޯޅުވެ ސްކްރީނަށް ދެވި ހިފަނީ ކަމަށއެވެ. އަދި "އެއީ ދަސްކުރުމުގެ މާހައުލާއި ޚިޔާލު ބަދަލުކުރުމުގެ މާހައުލަށް،" ސްކްރީންތަކުގެ ނުފޫޒު ގަދަވެ ސްކިރީނަށް ބަރޮސާ ވުމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

"ހައި ސްކޫލްތަކުގައި މޯބައިލް ފޯނު މަނާކޮށްފިން. ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޮޑު ކެމްޕޭނެއް ފަށާނަން. އެމީހުންގެ ދައުރެއް އެބައޮތް ކަމަށް ދެކެން" ރައީސް އެމަނުއެލް މެކްރޮން ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!