ބަނގްލަދޭޝްގައި ފަގީރުކަން އިތުރުވަނީ: ވޯލްޑް ބެންކު

ބަންގްލަދޭޝްގައި ފަގީރުކަން އިތުރުވުމުގެ ނުރައްކާ އޮތް ކަމަށް ވޯލްޑް ބެންކުން ބުނެއެވެ. އެ ބެންކުން ބނެރެފައިވާ ރިޕޯޓްގައި ބުނަނީ ބަނގްލަދޭޝްގައި ފަގީރު ނޫން މީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ ހާލަތު މިހާރު އޮތީ ނާޒުކު ފައްތަރެއއްގައި ކަމަށެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2010 އާއި 2022 އާ ދެމެދު 34 މިލިއަން މީހުން ފަގީރުކަމުން ސަލާމަތް ކޮށްފައިވާ އިރު، އިންފްލޭޝަންއާއި، ވަޒީފާ އުފެއްދުން މަދުވުމުގެ ނުތަނަވަސްކަން އިތުރުވެ، ފަގީރުކަން ކުޑަ ކުރުމުގެ ފައިދާތައް ވަނީ ބީވާގޮތް ވެފައެވެ.

ބަންގްލަދޭޝްގައި އިންތިހާއަށް ފަގީރުކަން ކުރިން އޮތް، %12.2 އިން %5.6 އަށް ދަށްކުރެވިފައި ވެއެވެ. އަދި މެދުމިނުގެ ފަގީރުކަން %37.1 އިން %18.7 އަށް ދަށް ކޮށްފައި ވެއެވެ.

މިދިޔަ ސަރުކާރުގައި ބަނގްލަދޭޝްގެ ފަގީރުކަން ނައްތާލުމުގައި މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައި ވެއެވެ. މިހާރު އެ ކުރިއެރުންތަކަށް ނުރައްކާވެފައިވާކަމަށާއި، އެގައުމުގެ ފަގީރު ނޫން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އަނބުރާ ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށް ވޯލްޑް ބޭންކުގެ އާ އެސެސްމަންޓެއްގައި ބުނެ އެވެ.

މި ކަމުގެ މައްސަލައަކީ ވަޒީފާ އުފެއްދުން މަދުވުމާއި، އިންސާނީ ވަގުފާރީގެ މައްސަލަތަކާ ގުޅިގެން ބޭރަށް ވަޒީފާއަށް ގެންދާ މީހުންގެ އަދަދު މަދުވުމާއި އިންފްލޭޝަނާ އެއްވަރަށް ގައުމުގެ އެތެރޭގައި އުޖޫރަ ދިނުން މުރާޖައާ ކޮށްފައި ނުވުމެވެ. ވޯލްޑް ބެންކުން ލަފާކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ފަގީރުކަމުގެ އަދަދު އަނެއްކާވެސް %21.2 އަށް އަރާނެ އެވެ.

ވޯލްޑް ބޭންކުން އިލްތިމާސް ކުރަނީ އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް ދިނުމަށެވެ. އަދި ސަރުކާރުގެ ޚަރަދުތައް މެނޭޖުކޮށް، މޫސުމަށް އެކަށޭނެ ހާލަތްތަކާއި ވަޒީފާއަށް ފަހި ސްޓްރެޓެޖީތަކެއް ގެންގުޅުމަށެވެ.

Bangladesh’s Hard-Won Progress Against Poverty Is Slipping Away

ހިއްސާ ކުރައްވާ!