ޕާކިސްތާނުގެ ޕާސްޕޯޓަކީ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ޖެހިޖެހިގެން ފަސް ވަނަ އަހަރަށް ވެސް ކުރިއަށް ޖެހުމަކާ ނުލައި އެއްވަރެއްގައި އޮތް ޕާސްޕޯޓެކެވެ. މިކަމުން ދައްކުވައިދެނީ ޕާކިސްތާނުން މި ކަމުގައި އަޅާނުލައި އެކަހެރިވާން ދޫކޮށްލާފައިވާ މިންވަރެވެ. މި ޕާސްޕޯޓްގެ ރޭންކިން ދަށްވުމަކީ ޕާކިސްތާނުގެ މަގްބޫލުކަން ދުނިޔޭގެ ފެންވަރުގައި ދަށް މިންވަރު އަދި ގުޅުންތަކުގެ ދަށްކަން ރަމްޒުކޮށްދޭ ކަމެކެވެ. 2025 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ޕާކިސްތާނަށް ލިބިފައިވަނީ 106 ގައުމުގެ ތެރެއިން 103 ވަނަ ދަރަޖަ އެވެ. ޕާކިސްތާން ގިންތި ކޮށްފައި ވަނީ ޔަމަނާ އެއް ފެންވަރެއްގައެވެ.
ޕާކިސްތާނަށްވުރެ ދަށުގައި އޮތީ ހަމައެކަނި އިރާގާއި، ސީރިއާ، އަދި އަފްޣާނިސްތާނެވެ. ޕާކިސްތާނުގެ ޕާސްޕޯޓް ގެން ގުޅޭ މީހުންނަށް ވިސާ ނެތި ދަތުރުކުރެވޭނީ އެންމެ 33 މަންޒިލަށެވެ. މީގެ ތެރެއިން ގިނައީ ދުނިޔޭގެ ގުޅުންތަކުގައި މާ ބޮޑު ނުފޫޒެއް ނެތް ގައުމުތަކެވެ. މި ޕާސްޕޯޓަކީ މިހާރު ދަތުރުފަތުރުގެ މިނިވަންކަމުގެ ބަދަލުގައި ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ އެކަހެރިކަން ރަމްޒުކޮށްދޭ އެއްޗަކަށް ވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ދުނިޔޭގެ މަގުބޫލުކަން ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ، އެ ގައުމުގެ އެތެރޭގެ ހަމަނުޖެހުންތަކެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތައް ލިބުން މަދުވުމާއި، ބަދަލުވަމުންދާ ޚާރިޖީ ގުޅުން ހިމެނެ އެވެ. އަދި ބިއުރޯކްރެޓިކް ނުކުޅެދުންތެރިކަމާއި ހިންގުމުގެ ނިޒާމުގެ ދޯހަޅިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ އިތުބާރު ގެއްލިފައިވެސް އެވެ. އެއާ ޚިލާފަށް ސަރަހައްދީ ގައުމުތައް ކަމަށްވާ އިންޑިއާ، ސްރީ ލަންކާ، ރައްޖެ އިންޑޮނޭޝިއާ، އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުން ވަނީ އިސްލާހީ މަސައްކަތްތަކާއި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. މިކަމުގެ ސަބަބުން މި ގައުމުތަކުގެ ޕާސްޕޯޓް ރޭންކިންގައި އަހަރުން އަހަރަށް ކުރިއަރާފައިވާ ވެއެވެ.
ޕާކިސްތާނު އާނމު ރައްޔިތުންނަށް ކުރު ދަތުރުތަކަށް ވެސް މިކަމުގެ ސަބބުން ދިމާވަނީ ބޮޑެތި ގޮންޖެހުންތަކެވެ. އެގޮތުން ބަލައިފާސްކުރުމާއި، އިންޓަވިއުތަކާއި، ގިނަ ލިޔެކިޔުންތައް ދައްކަން ޖެހެއެވެ. ޒުވާނުންނަށް ބޭރުން ކިޔެވުމާއި، އަދި ގުޅުން ބަދަހި ކުރުމަށް ދުނިޔޭގެ ނެޓްވޯކްތަކަށް ވަނުމުގެ ފުރުސަތު ކުޑަވެފައިވެ އެވެ. މި ޕާސްޕޯޓަކީ މިހާރު ގުޅުންތަކުގެ ބަދަލުގައި އިންތަކެއް ކަނޑައެޅިފައިވާ އެއްޗެއް ކަން ރަމްޒުކޮށްދޭ އެއްޗެކެވެ. އެއާ ޚިލާފަށް ގައުމުގެ ބޮޑެތި މީހުން ވަނީ ބޭރުގައި ދިރިއުޅެން ފަށައި އިންވެސްޓްކުރަން ފަށާފައެވެ. ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތު ސިފަ ކުރެވިފައި ވަނީ ދުރު ރާސްތާގެ ސްޓްރެޓެޖީއެއް ނެތް، އަދި އިތުބާރު ބިނާކުރުމަށް މަސައްކަތް ނުކުރާ ސިޔާސަތެއްގެ ގޮތުގަ އެވެ.







