ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ހަނގާކުރުމާއި އަނިޔާގެ އިންޒާރު

ޕާކިސްތާނުގައި ނޫސްވެރިންނާއި ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އަންހެނުންނާއި އާދައިގެ ރައްޔިތުންނަށް ވެސް އޮންލައިންކޮށް ހަނގާކުރުމާއި، ސެންސަރުކުރުމާއި އަނިޔާގެ އިންޒާރުތައް ދަނީ އިތުރުވަމުންނެވެ. ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ) އިން ވަނީ އަންހެން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ ހަނގާކުރުންތައް ލިސްޓްކޮށްފައެވެ. ބޭނަޒީރު ޝާހް، އަސްމާ ޝިރާޒީ، އަދި ޣަރީދާ ފާރޫގީ ފަދަ މަޝްހޫރު ނޫސްވެރިންނަށް އޮންލައިންކޮށް ދޭ ހަމަލާތަކާއި، ޑީޕްފޭކް ހަމަލާތަކާއި، ބޮޓް ނެޓްވޯކްތަކުން ފަތުރާ ބިރު ދެއްކުންތަކުގެ ވާހަކަ ލިސްޓްކޮށްފައި ވެއެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުން ދީނަށް ފުރައްސާރަކުރާ ކަމަށްވެސް ތުހުމަތު ވެސް ކޮށްފައެވެ. ޕާކިސްތާނުގައި މިފަދަ ތުހުމަތަކީ މަރުގެ އިންޒާރަކަށް މީހާ ހުށަހެޅޭ ވަރުގެ ކަމެކެވެ. އެގޮތުން؛

ޕެކާ ގާނޫނުގެ ނާޖާއިޒު ބޭނުންކުރުން: ސައިބަރ ކުށްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ 'ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް' ޕެކާ ގާނޫނުގެ ނާޖާއިޒު ބޭނުންކޮށްގެން އަންހެން ނޫސްވެރިންނާ ދެކޮޅަށް "ދޮގު މައުލޫމާތު" ނުވަތަ "ދައުލަތާ ދެކޮޅު ޕްރޮޕަގެންޑާ" ފެތުރާ ކަމަށް ތުހުމަތުތައް ކުރަމުންދެއެވެ. ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް އިން ވަނީ މިކަން ކުށްވެރިކޮށް، ސަރުކާރުން މިކަން އާދަޔަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ. އޮންލައިން ހަނގާކުރުންތަކުގެ އިތުރުން، އަންހެން ނޫސްވެރިން ވަނީ އެމީހުންގެ ގެއިން ބޭރުގައި އުޅޭއިރު މަގުމަތިން ދިމާކޮށް އާއިލާތަކަށް ގުޅައި ބިރު ދެއްކުންތައް ކުރިމަތި ކުރާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.

އެކްޓިވިސްޓުންނަށް ފިއްތުންތައް: މި ފިއްތުންތައް އަންހެން އެކްޓިވިސްޓުންނާއި އާދައިގެ ރައްޔިތުންނާ ހަމައަށް ވެސް ފުޅާވެފައިވެއެވެ. 2025 ވަނަ އަހަރުގެ 'އައުރަތު މާޗް' ގައި ބައިވެރިވި ފަރާތްތަކަށް ހަނގާކޮށް، ދީނަށް ފުރައްސާރަކުރުމުގެ ތުހުމަތުކޮށް، ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މީހުން މެރުން: ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ 2024 ވަނަ އަހަރު އެކަނި ވެސް، އަބުރާއި އިއްޒަތް ސަލާމަތްކުރުމުގެ ނަމުގައި އާއިލާގެ މީހުން އަންހެން ދަރިން މަރާލާފައިވާ ސަތޭކަ އަށް ވުރެ ގިނަ މައްސަލަ ރެކޯޑުކޮށްފައެވެ. މިފަދަ މައްސަލަތަކުގައި އަޅާނުލައި ފުލުހުންނާއި ކޯޓުތަކުން ދޫކޮށްލާކަން ފާހަގަކުރެވެއެވެ.

ބައިނަލްއަގްވާމީ ކަންބޮޑުވުން: ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އަންހެނުންނާ ދެކޮޅަށް ގާނޫނުތަކުގެ ނާޖާއިޒު ބޭނުންކުރުން ނިޒާމީ ސިފައެއްގައި ހިންގާކަން ލިޔެކިޔުންތަކުން ދައްކާފައެވެ. އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ވަނީ ޕާކިސްތާނުގައި އަންހެން ނޫސްވެރިންނަށް ލިބޭ މިނިވަންކަން ކުޑަވަމުންދާކަން ފާހަގަކޮށްފައެވެ. ރިޕޯޓަޒް ވިތްއައުޓް ބޯޑަރޒް އިން 2025 ވަނަ އަހަރު ނެރުނު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ޕާކިސްތާން އޮތީ 158 ވަނައިގައި ހިމަނާފައެވެ.

ހިއްސާ ކުރައްވާ!