ޣައްޒާގައި 54 ޖޯޑެއްގެ ކައިވެނި އެއްކޮށް

ޖެނޮސައިޑްގައި ދިރިއުޅުމުގެ ކަންކަން ހުއްޓުވާފައި އޮތުމަށްފަހު، ޣައްޒާގެ 54 ޖޯޑެއް މި ހަފްތާގައި އެއްފަހަރާ ކައިވެނިކޮށްފިއެވެ. މިކައިވެންޏަކީ ޣައްޒާއަށް އުފާވެރިކަމެއް ގެނަސްދިން ކަމެކެވެ. މި ހަފްލާ ބާއްވާފައިވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގައެވެ.

މިއީ ޖެނޮސައިޑް ހަނގުރާމަ ފެށިފަހުން ބޭއްވުނު އެންމެ ބޮޑު އާންމު އުފާވެރިކަމުގެ ހަފްލާ އެވެ. ފަލަސްޠީނުގައި ގިނަ މީހުން އެއްކޮށް ކައިވެނި ކުރާ ހަފްލާތައް ބާއްވައެވެ. މި 54 ޖޯޑު އެއްފަހަރާ ކައިވެނިކުރުމަކީ ފަލަސްތީނުގެ ސަގާފަތުގައި ކައިވެނީގެ މުހިންމުކަން ދައްކުވައި ދިނުމާއި ދިރިއުޅުން ކުރިއަށްދާނެ ކަން ރަމްޒުކޮސްދިނުމުގެ ގޮތުން ބާއްވާފައިވާ ކައިވެންޏެއް ކަމަށް މިކަން އިންތިޒާމު ކުރި މީހުން ބުނެއެވެ.

ޖެނޮސައިޑް ހަނގުރާމައިގެ ދުވަސްވަރު މިފަދަ ހަފްލާތައް މަދު ނަމަވެސް، ބާއްވާފައި ވެއެވެ. ނަމވެސް މި ކައިވެނި ހަފްލާއިން ދައްކުވައިދެނީ ގަނޑުކޮށް ކައިވެނި ކުރުމުގެ ސަގާފަތަށް އަލުން ރުޖޫޢަވުމެވެ. މި އުފާވެރިކަން އައިސްފައިވަނީ ޖެނޮސަިއޑް ފޯސްއިން ހަލާކުކޮށްފައިވާ އަވަށްތަކާއި، އެހީގެ ކާނާ ބަންދުކުރުމާއި، ޣައްޒާގެ ދެ މިލިއަން ރައްޔިތުންގެ ދިރިއުުޅުމަށް އަޅާފައިވާ ހުރަސްތައް އަދިވެސް ދަމަހައްޓާފައިޥާ ވަގުތެއްގައެވެ.

ޣައްޒާގައި ދެ އަހަރު ދުވަހުގެ ޖެނޮސައިޑްގައި އަސާސީ އުމްރާނީ ތަރައްޤީގެ ބޮޑު ބައެއް ވަނީ ހަލާކުކޮށްލާފައެވެ. ހަނގުރާމަ ހުއްޓާލިކަމަށް ބުނިނަމަވެސް ޔަހޫދީން ދަނީ ހަމަލަތައް ދެމުންނެވެ. އަދި އެއާއެކުވެސް ސަގާފީ ބައެއް ހަރަކާތްތައް އަލުން ފެށުމުގެ ފުރުސަތު ލިބުނު ނަމަވެސް، ދިރިއުޅުމުގެ ދަތިކަމާއި ކުރިމަގުގެ ނޭނގުން އަދިވެސް ވަރަށް ބޮޑަށް ކުރިމަތި ވެފައި ވެއެވެ. ޖެނޮސައިޑް ހަނގުރާމައިގައި ޣައްޒާއިން މިލިއަން މީހުން ޝަހީދުކޮށްފައިވާ ކަމަށް ޖެނޮސައިޑް މޮނީޓާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!