އަފްޣާނިސްތާންގައި އެއް އާއިލާއެއްގެ 13 މީހުން މަރާލައި އާއިލާ އެއްކޮށް ނައްތާލި މީހާއަށް އިއްވި ޤިޞާޞް ހިފުމުގެ ހުކުމް ސްޓޭޑިއަމެއްގައި ތަންފީޒުކޮށްފިއެވެ.
މިހުކުމް ތަންފީޒުކޮށްފައި ވަނީ އެއާއިލާއިން ބާކީ ދިރި ހުރި މީހާ ކަމަށްވާ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. މުޖުރިމު ނައްތާލާފައި ވަނީ 13 އަހަރުގެ ކުއްޖާާ ބަޑި ޖަހައިގެންނެވެ. މި ޙުކުމް ތަންފިޒު ކުރާ މަންޒަރު ބެލުމަށް 80 ހާސް މީހުން ސްޓޭޑިއަމަށް ވަދެ ތިއްބެވެ.

މިމީހާއަށް އިއްވާފައިވާ ޙުކުމް ހުރިހައި މަރުހަލާގެ ކޯޓުތަކުން ދެމެހެއްޓުމަށްފަހު އަފްޣާން ސުޕްރީމް ކޯޓުންވެސް ވަނީ އެ ހުުކުމް ދަމަހައްޓާފައެވެ. މިޙުކުމް ތަންޒީފު ކުރުމަށްޓަކައި އަފްޣާނިސްތާންގެ އުއްތަމަ ފަނޑިޔާރު ޝެއިޚު އަބްދުލް ހަކީމް ޙައްގާނީގެ އަމުރަށް ސުޕްރީމް ކޯޓުގެ ކްރިމިނަލް ޑިވިޜަންގެ ޑިރެކްޓަރު މުފްތީ އަތީޤުﷲ ޚޯސްތް ޕްރޮވިންސަށް ވަޑައިގަތް ކަމަށް އަފްޣާން ސަރުކާރުން ނެރުނު ބަޔާންގައި ބުނެފައި ވެއެވެ.
އަފްޣާން ސަރުކާރުގެ ބަޔާންގައި ވަނީ "ތިން މަރުހަލާއިން މި މައްސަލަ ބެލުމަށްފަހު މަންގަލް ކުށްވެރިވާކަން ސާބިތު ވުމާއެކު އެ މައްސަލަ އަމީރުލްމުއުމިނީން، ޝެއިޚުލް ހަދީސް، މައުލަވީ ހިބަތުﷲ އަޚުންދުޒާދާއަށް އެރުވުނެވެ. އަދި އަމީރުލްމުއުމިނީންވެސް މިމައްސަލައަށް ފުންކޮށް ނަޒަރު ހިންގެވި އެވެ. އަދި އާއިލާއަށް ޤިޞާޞް ހިފުމާއި މަޢާފް ކުރުމުން ކުރެ ކަމެއް އިޚުތިޔާރު ކުރުމަށް ފުރުސަތު ދެވުނެވެ. އާއިލާއިން ބޭނުންވީ ޤިޞާޞް ހިފާށެވެ…"
ބައިނަލްއަގްވާމީ ފަރާތްތަކާއި އދން ވަނީ މި ޤިޞާޞް ހިފުން ކުށްވެރިކޮށްފައެވެ.







