އިސްރާއީލުގެ މީޑިއާއިން ވަނީ ޔަހޫދީން ފަލސްޠީނު މީހުންނާ ދެކޮޅަށް ގެންގުޅުނު އަބޫ ޝަބާބް ކުލީ ސިފައިންގެ ލީޑަރު މީހެއް ކަމަށްވާ ޔާސިރު އަބޫ ޝަބާބު ނައްތާލުމުގައި ހަމާސްއިން ކާމިޔާބު ވެފައިވާ ކަމަށް ބުނެފައެވެ.
ރަފާހުގެ އިރުމަތީގައި ޔަހޫދީންނަށް ގުލާނު ކޮށްދޭން އުޅުނު ޔާސިރު އަބޫ ޝަބާބު މަރާލި ކަން ޔަހޫދީންގެ ޗެނަލް 14 އާއި އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ވެސް ރިޕޯޓްކޮށްފައި ވެއެވެ. އަބޫ ޝަބާބް ނައްތާލާފައި ވަނީ ފަލަސްޠީނުގެ އަމާޒަށް ބަޑި ޖަހާ މީހެއް ކަމަށް ވެއެވެ.






