"ކަލޭ ތީ ކާކު؟" ޕާކިސްތާންގެ ސިފައިންގެ ތަރުޖަމާން އިމްރާން ޚާނާ ދިމާއަށް!

ޕާކިސްތާނުގެ އެންމެ ބާރުގަދަ މުއައްސަސާ ކަމަށްވާ ސިފައިންނާއި އެގައުމުގެ އެންމެ މަގުބޫލު ސިޔާސީ ޝަޚްސިއްޔަތު ކަމަށްވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ދެމެދު ހުރި ހަތުރުވެރިކަން އިތުރަށް ބޮޑުވަމުންދާކަން ހާމަކޮށް ދެމުން، ސިފައިން ވަނީ އިމްރާން ޚާނަށް މިހާތަނަށް ދީފައިވާ ރައްދުތަކުގެ ތެރެއިން އެންމެ ހޫނު ރައްދު މިހަފްތާގައި ދީފައެވެ. މިކަމުގެ ސަބަބުން ގައުމުގެ މަދަނީ އަސްކަރީ ގުޅުން އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ.

ރާވަލްޕިންޑީގައި މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޓަ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (ޑީޖީ އައިއެސްޕީއާރު) ގެ ޑިރެކްޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗޯދަރީ ވަނީ ސިޔާސީ ކަންކަމުގައި ސިފައިންގެ ދައުރާ މެދު އިމްރާން ޚާން ތަކުރާރުކޮށް ދެމުންގެންދަވާ ހަމަލާތަކަށް ފާޑުވިދާޅުވެފައެވެ. ޗޯދަރީ ވަނީ އިމްރާން ޚާނާ މުޚާތަބުކޮ ކުރައްވަމުން، "ކަލޭ ތިޔައީ ކާކު ހޭ؟" ފަދަ ހުތު ބަސްތަކުން ސުވާލުކުރައްވާފައެވެ. އަދި އޭނާ ސިފަކުރެއްވީ އިމްރާން ޚާނަކީ "އަމިއްލައަށް މާބޮޑުި މީހަކަށް ވެގެން އުޅޭ، ހަޤީޤަތާ ދުރު މީހެއް" ގެ ގޮތުގައެވެ.

ޕާކިސްތާން މީޑިއެާއިން ބުނަނީ މި މަސްމަގަކީ ސިފައިންގެ ރާގު ހަރުކަށި ކަމަށް ބަދަލު ވުމެކެވެ. ޖެނެރަލް ޗޯދަރީ ވަނީ އިމްރާން ޚާން ތާއީދުކުރާ މައްސަލަތައް މިހާރު ސިޔާސަތުގެ އިމުން ބޭރުވެ ގައުމީ ސަލާމަތުގެ ދާއިރާއަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"އޭނާގެ ބޮޑާކަމާއި، އޭނާގެ އެދުންތަކުން މިވަނީ އޭނާ ނެތިއްޖެނަމަ ދުނިޔެ ހުއްޓިދާނެ ކަމަށް ހީވާ މިންވަރަށް އިތުރުވެފަ. އޭނާ ދައްކަމުންދާ ވާހަކައަކީ މިހާރު ސިޔާސަތާ ބެހޭ ކަމެއް ނޫނެވެ، އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތައް." ޖެނެރަލް ވިދާޅުވިއެވެ.

މިފަދަ ސީދާ އަދި ހަރުކަށި ބަސްމަގަކީ، ސިފައިންގެ ޚުދު މުޚުތާރު ކަންކަމަށް ހަމަލާދީ، ސިފައިންނަކީ ޑިމޮކްރެޓިކް ސިޔާދަތަށް ހުރަހެއް ކަމަށް ސިފަކުރައްވާ އިމްރާން ޚާނުގެ މަގްބޫލުކަމާ މެދު ސިފައިން ނުރުހުން ބޮޑުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން، މިކަމުން ދައްކުވައިދެނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ސިފައިންގެ ކޮމާންޑާ ހަވާލުވެވަޑައިގަތް އާރމީ ޗީފް ޖެނެރަލް އާސިމް މުނީރުގެ ލީޑަރޝިޕް ސްޓައިލް ވެސްމެއެވެ. ޖެނެރަލް އާސިމް މުނީރު ދަނީ ސިފައިންގެ މުއައްސަސާގެ ބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

Pakistan Military Spokesman Rebukes Imran Khan, Escalating Civil-Military Rift

ހިއްސާ ކުރައްވާ!