ޚިޔާލު ފާޅުކުރުމުގެ މައްސަލަތައް ދިގުލައިދިއުމަކީ އަސާސީ މިނިވަންކަގެއްލޭ ކަމެއް: ޖަސްޓިސް ގަވާއި

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ޖިނާއީ މައްސަލަތައް ދިގުލައިގެން ދިއުމަކީ އެކަމުގެ ސަބަބުން އަސާސީ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށާއި، އެއީ ކުށް ސާބިތުވުމުގެ ކުރިން ވެސް މީހާއަށް ދެވޭ އަދަބެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ބީ.އާރު. ގަވާއި ވިދާޅުވެއެވެ. ޖަސްޓިސް ގަވާއި ދެއްލި ތަގްރީރެއްގައި ވަނީީ އިންޑިއާގެ ގާނޫނީ ނިޒާމުގައި ހުރި މައްސަލަތައް ދިގުލައިގެން ދިއުމުގެ ދަތިތައް ފާހަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޖިނާއީ އިޖުރާއަތްތައް މެދުވެރިކޮށް ވެސް މ،ީހާގެ މިނިވަންކަން ނިގުޅައި ގަނެވޭ ކަމެވެ. އޭނާ ގޮވާލައްވާފައިވަނީ އަދުލުގެ ނިޒާމުގެ ކަންކަން ހަލުވިކުރުމަށެވެ.

ޖަސްޓިސް ގަވާއިގެ ލެކްޗަރގެ މުހިންމު ނުކުތާތައް:

ްއިޖުރާއާތު އަދަބެއްގެ ގޮތުގައި ބޭނުންކުރުން: ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމުގެ މަރުހަލާގައި، ނުވަތަ ޝަރީއަތުގެ މަރުހަލާގައި، ނުވަތަ އިސްތިއުނާފުގެ މަރުހަލާގައި ވިޔަސް އަހަރުތަކަކަށް ދިގުލައިގެން ދާއިރު، އެ ލަސްވުމުގެ ސަބަބުން މީހާގެ މިނިވަންކަމާއި، އަބުރާއި، ޚިޔާލުފާޅުކުރުމުގެ ހައްގަށް ގެއްލުން ލިބޭކަން ފާހަގަކުރައްވާފައެވެ.

އަދުލު އިންސާފު ގާއިމްކުރާ ފަރާތުގެ ދައުރު: ނިޒާމީ ސިފައެއްގައި މައްސަލަތަކުގެ ލަސްވުންތަކާއި، ވާނުވާ ބަންދުން ދޫކުރުމަށް ދެކޮޅު ހެދުމާއި، ދިގުލައިގެންދާ ޖަލު ހުކުމްތަކުގެ ސަބަބުން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސީދާ އަސަރުކުރާ އިރު ޚިޔާލުފާޅުކުރުމުގެ ހައްގުތައް ނެގެހެއްޓުމަށް ކޯޓުތަކުން ހީވާގިކަމާއެކު ހައްގު ރައްކާތެރިކުރަން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ޑިޖިޓަލް ޒަމާނުގެ ގޮންޖެހުންތައް: ޑިޖިޓަލް ޒަމާނުގައި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ ފަރާތުން ހަރުކަށި ގޮތަކަށް ޚިޔާލު ފާޅު ކުރުމާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާއި، ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ ކޮންޓްރޯލާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ.

ގާނޫނުއަސާސީ ނެގެހެއްޓުން: އިންޑިއާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގާނޫނީ އުސޫލުތަކުން ދައްކުވައިދެނީ، ދައުލަތުގެ ފަރާތުން އަޅާ ހުރަސްތަކުގެ ސަބަބުން ރައްޔިތުންގެ ޚިޔާލާއި ވިސްނުމާއި، ޚިޔާލު ފާޅު ކުރުމާއި، ޑިމޮކްރަސީގައި ބައިވެރިވުމުގެ ހައްގުތަކަށް އަސަރު ނުކުރާނެކަން ކަށަވަރުކުރުމަށް ގާނޫނުއަސާސީން ޔަގީންކޮށްދޭ ކަމެވެ.

އިންޓަނެޓް ބޭނުންކުރުމުގެ ހައްގު: އަނޫރާދާ ބަސިން ގެ 2020 ގެ މައްސަލައަށް އިޝާރާތްކުރައްވަމުން، އޭނާ ވިދާޅުވީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރުމަށް އިންޓަނެޓް ބޭނުންކުރުމަކީ އަސާސީ ހައްގެއް ކަމަށާއި، ދާއިމީކޮށް އިންޓަނެޓް ކަނޑާލުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އިލެކްޓޯރަލް ބޮންޑްސްގެ ހުކުމް: އިންޑިއާގެ ސިޔާސީ ޕާޓީތަކަށް ސިއްރުން ފައިސާ ދޭ މީހުންގެ ސިއްރުކަން ނެގެހެއްޓުމަށް ވުރެން ބޮޑަށް ސުޕްރީމް ކޯޓުން ބަލާފައި ވަނީ ވޯޓުލާ މީހުންނަށް އެމީހުންނަކީ ކޮން ބައެއްކަން އެނގިފައި އޮތުމުގެ މުހިންމު ކަމަށެވެ. އަދި މިކަމުން ދައްކުވައި ދެނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގައި ބައިވެރިވުމާ ގުޅިފައިވާ ކަމެއްކަމަށެވެ.

ހިއްސާ ކުރައްވާ!