މެދުއިރުމަތީގައި ސުލްޙަ ގާއިމުކުރުމަށްޓަކައި އިސްރާއީލް އިސްލާހު ވާން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާގެ ސީނިއަރ ޑިޕްލޮމެޓެއް ވިދާޅުވެއްޖެއެވެ. ދޯހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ މަނާލް ރަދުވާން ވިދާޅުވީ، ޕަލެސްތީނުގެ ސަރުކާރުން ދިގު މުއްދަތެއްގައި އިސްލާހީ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ނަމަވެސް އިޒްރޭލުގެ ސަރުކާރަކީ ސުލްހައަށް ދެކޮޅު ހަދައި، ޕަލަސްތީނުގެ ރައްޔިތުންނާއި އަރަބީންނާއި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން އުފައްދަމުންދާ ގައުމު ކަމަށެވެ. އޭނާ ވަނީ ފަލަސްޠީނު ސަރުކާރުން ދެ ދައުލަތުގެ ހައްލަށް އެއްބަސްވެފައިޥާ ކަމަށާއި އެކަމަށް ޔަހޫދީން ދެކޮޅު ހަދާ ކަން ހާމަކުރައްވާފައެވެ. އަދި ޔަހޫދީން ފަލަސްޠީނު ރައްޔިތުންނާއި އަރަބީންނާ މެދު ނަފުރަތު އުފައްދާ ކަމަށްވެސް ވިދާޅުވިއެވެ.
މަނާލް ރަދުވާން ވިދާޅު ވަނީ އިސްލާހު ވުމުގެ ޒިންމާ އޮތީ އިސްރާއީލުގެ ފަޅީގައި ކަމަށެވެ.
ސައޫދީ ސަރުކާރުން ދެކެނީ ސުލްހައަށް މަގެއް ހޯދުމަށްޓަކައި ފަލަސްޠީނު ސަރުކާރަށް ވުރެން އިސްރާއީލް ސަރުކާރަށް އިސްލާހުތަކެއް ގެންނަން ޖެހެއެވެ. އަދި ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ނުގެންދެވޭ މައިގަނޑު ސަބަބަކީ އިސްރާއީލުިގެ އުދުވާނީ ސިޔާސަތުތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީން ބުނެފައި ވަނީ ފަލސްޠީނުގެ މައްސަލަ ހައްލު ނުކުރެވޭހައި ހިނދަކު ޔަހޫދީ ގައުމާއެކު ގުޅުން ގައިމް ކުރުމެއް ނެތް ކަމަށެވެ.







