ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީގައި އިސްލާމޯފޯބިއާ އާއި ހުދު މީހުންގެ ނަސްރާނީ ވިސްނުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ސްޓްރެޓެޖީ ވައިޓް ހައުސްއިން ޝާއިއުކޮށްފިއެވެ. ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ސްޓްރެޓެޖީ ގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ އެމެރިކާގެ ވިޔަފާރި މަސްލަހަތަށް އިސްކަންދީ، ޑިމޮކްރެސީ ފަހަތަށް ޖައްސާލެވިފައިވުމެވެ. އަދި މިސްޓްރެޓެޖީއަށް ހުދު ނަސާރާއިންގެ ދީނީ ވިސްނުން ފޭދިފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ.

ހިޖުރަވެރިންނާއި މުސްލިމުންނަކީ މިސްޓްރެޓެޖީ އެކުލަވާލުމުގައި ވިސްނުން ބައްޓަންކޮށްފައިވާ މުހިންމު ދާއިރާއެއް ކަން ފާހަގަ ކުރެވެއެވެ. މި ސްޓްރެޓެޖީގައި އިސްލާމޯފޯބިއާ މާނަ ކުރެވިދާނެފަދަ ބަސްމަގު ހިމެނިފައި ވެއެވެ. އެގޮތުން "އިސްލާމިސްޓް ޓެރަރިސްޓް" މިއިބާރާތް ޖެހިލުމެއް ނެތި، ޑޮކިއުމެންޓްގައި ބޭނުން ކޮށްފައިވާތަން ފެނެއެވެ. މުސްލިމުންނާއި ޓެރަރިޒަމާ ގުޅުވާފައި ވަނީ ސަރަހައދީ ނުރައްކާތައް ލިސްޓް ކުރުމުގެ ތެރެއިންނެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ބަސްތަކުން ޓެރަރިޒަމާ އިސްލާމްދީނާ ނުހައްގުން ގުޅުވައިގެން، މުސްލިމުން ވަކި ގޮތަކަށް ދެއްކުމަކީ އިސްލާމޯފޯބިއާ އަށް ހިތްވަރު ދިނުމުގެ އަމަލެކެވެ.

އޭގެ އިތުރުން މި ޑޮކިއުމެންޓްގައި ހިޖުރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކައި އެކަމަކީ ނުރައްކަލެއް ކަމަށް ދެއްކުމުގެ މޭރުމުން އިންޒާރު ދީފައި ވެއެވެ. އަދި ގައުމުތަކުން ހިޖުރަވެރިންނާ ދެކޮޅަށް މަސައްކަތް ކުރުމަށްވެސް ބާރު އަޅާފައި ވެއެވެ. ވަކިން ޚާއްސަކޮށް ހިޖުރަވެރިން އިތުރުވާނަމަ، ޔޫރަޕްގެ ޙަޟާރާ އެއްކޮށް ނެތިގެން ހިނގައިދާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.

އެ ޑޮކިއުމެންޓްގައި މުސްލިމުންގެ ހިޖުރަކުރުމާއި ގައުމުތަކުގެ ނުތަނަވަސްކަން ގުޅުވައިފައިވާއިރު، ޓްރަމްޕަކީ އޭނާގެ ފުރަތަމަ ރިއާސީ ދައުރުގައިވެސް އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރުމަށް މަސައްކަތް ކުރެއްވި ރައީސެކެވެ.

މީގެ އިތުރުން މެދުއިރުމައްޗަކީ ޓްރަމްޕްގެ ގައުމީ ސަލާމާތުގެ ސްޓްރެޓެޖީގައި އެންމެ މުހިންމުކަން ދެވިފައިވާ ސަރަހައްދެއް ވެސް ނޫނެވެ. އަދި އިންސާނީ ހައްގުތަކާއި ވެރިކަމުގެ ނިޒާމާ ގުޅުވައިގެން އަރަބި ގައުމުތަކާ ބެހުމަކީ ޓްރަމްޕްގެ ސިޔާސަތެއް ނޫން ކަމަށްވެސް ބުނެއެވެ. އެއާ ޚިލާފަށް، ގަލްފްގެ އަރަބި ގައުމުތަކުގެ ސަރަހައްދަކީ، އޭއައި އަދި ހަކަތައާއި ޓެކްނޮލޮޖީ، އަދި ސުލްހައިގެ އެއްބަސްވުންތައް ހަދައި ވިޔަފާރި ގުޅުން ބަދަހި ކުރުމަށް ޚާއްސަ ސަރަހައްދެއްގެ ގޮތުގައި ބަލާފައި ވެއެވެ.

މި ޑޮކިއުމެންޓްގައި އިންޑިއާވެސް ބަލާފައި ވަނީ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ބޭނުން ކުރާނެ ވަސީލަތެއްގެ ގޮތުގައެވެ.

މުޅި ޑޮކިއުމެންޓް ބައްޓަން ކޮށްފައި ވަނީ ދޮން ނަސާރާއިންގެ ދީނީ ފިކުރާ އެއްގޮތް ވާ ގޮތަށެވެ.

އަދި އެމެރިކާއަކީ ޓްރަމްޕްގެ ސިޔާސަތުގެ ނާރެސްކަމަށް ބަލާފައިވާއިރު ދެކުނު އެމެރިކާއަކީ އެމެރިކާގެ ނުފޫޒުގެ ސަރަހައްދީ މަރުކަޒު ކަމަށްވެސް ބުނެފައި ވެއެވެ. އެމޭރުމުން ޓްރަމްޕް ވަނީ ކުރިން އެމެރިކާއިން ބޭނުން ކުރި މޮންރޯ ނަޒަރިއްޔާތަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ.

Trump’s National Security Strategy: A Sharper, Narrower, More Cultural America First

ހިއްސާ ކުރައްވާ!