ހެންވޭރު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހައުސިންގ ސްކީމްތަކާ ގުޅޭ ގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކުރައްވައިފިއެވެ. އެގޮތުން، އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާ ތިން ކޮޓަރީގެ ފުލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބައްދަލުވުންތަކުގައި އާްނމުން ވަނީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އިތުރު ހައުސިންގ މަޝްރޫޢުތަކަށް ކުރިމަތިނުލެވޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެހެންވީމަ އަޅުގަނޑުމެން ބަދަލެއް މި ގެންނަނީ އެއް ކޮޓަރި ފްލެޓު ދޫކޮށްލާ ކަމަށްވަންޏާ އަޅުގަނޑުމެން ހުޅުވާލާ ތިން ކޮށްޓަރީގެ ސްކީމަށް ކުރިމަތިލެވޭ ގޮތަށް، އެ ޝަރުތު އެބަ ބަދަލުކުރަން،" ރައީސް

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި މަސައްކަތް ނިމުމަށްފަހު އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މިހާރު ދެ ޑްރެޖަރާއެކު ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ހިއްކައި ނިމުނުހާ އަވަހަކަށް އެތަނުން ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

މީގެ އިތުރުން، މާލޭ ސިޓީން ގޯތި ދިނުމުގައި ބަލާ ކަންކަމުގެ ތެރެއިން، ފަސް އަހަރުގެ ރަށްވެހިކަމުގެ މުއްދަތު ކުރުކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން އެދިފައިވާ ގޮތަށް އެ ޝަރުތަށް ބަދަލު ގެނައުމާ މެދު ވެސް ވިސްނަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އަޅުގަނޑުމެން ކަނޑައަޅާފައި މި އިންނަނީ ފަސް އަހަރު މާލޭގެ ރަށްވެއްސަކަށް ވެފައި ހުންނަންޖެހޭނެ ކަމަށް. ފަސް އަހަރު މާލޭގައި ރަށްވެއްސަކަށް ވެފައި އޮތް މީހާއަށޭ ކުރިމަތިލެވެނީ. އެވެސް އަޅުގަނޑުމެން އީޖާބީ ގޮތެއްގައި ވިސްނާނަން، ޕޮޒިޓިވް ނޯޓެއްގައި ވިސްނާނަން. ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ އެންމެ ބޮޑަކަށް،" އެވެ.

ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ފުލެޓު މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. މި ސަރުކާރުން ހަދާ 7500 ފުލެޓުގެ ތެރެއިން 4000 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައި ކަމަށާއި، އިތުރު 500 ފުލެޓު މާލޭގައި އަޅާނެ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން ހަދާ ފުރަތަމަ ފުލެޓުތަކުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެވެ. ބީއެމްއެލުން ހުޅުމާލޭގައި 2700 ފުލެޓު އަދި ވިލިމާލޭގައި 300 ފުލެޓު ހެދުމަށް ހަމަޖެހިފައިވެއެވެ. ބާކީ 4500 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުންނެވެ. ބީއެމްއެލުން ހަދާ 3000 ފުލެޓުގެ ތެރެއިން 2700 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ތިނަކުން ބާކީވާ ބިމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވަނީ ވައުދާ ހިލާފުވެވަޑައިގެންނެވުމަށް ނޫންކަމަށް ވިދާޅުވެފައެވެ. އެ ބަދަލު ގެނެސްފައިވަނީ އަވަހަށް ގޯތި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މާލޭ ސިޓީ އޭރިއާގައި މި ފުލެޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ފުލެޓުތައް ލިބޭނެ ކެޓަގަރީތައް ކަނޑައަޅާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަވަހަށް ދޭންވެގެން ގެނައި ބަދަލުތަކެއް. އެހެންވީމަ ވައުދަކާ ހިލާފެއް ނުވަން. މީގެ މަފްހޫމް، މީގެ މަގުސަދަކީ ރައްޔިތުންނަށް އެންމެ އަވަހަށް އެ ގޯތިތައް ދިނުމަށް، އެންމެ އަވަހަށް އެ ގޯތިތަކަށް ވަދެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން. ގެންނަންޖެހޭ ބަދަލުތަކެއް އެކަނި ގެނެސްފައި އޮންނާނީ،" ރައީސް

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ފޭސް ތިނެއް ވެސް މިދެންނެވިހެން ހިއްކައި ނިމުނީމަ ހަމަ ވީހާ އަވަހަކަށް އަޅުގަނޑުމެން ޖެނުއަރީގައި އިރާދުކުރެއްވިއްޔާ ފަށާނަން ބިންތައް ޙަވާލުކޮށް، ގޯތިތައް ހަވާލުކުރަން. ދެން އެތަނުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އެ ކުރިއަށްގެންދަނީ. ހަމަ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗެއް އަތުނުލާނަން،" ރައީސް

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، އެމީހަކު ބޭނުންވެއްޖެ ނަމަ، ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތެއް އޮތްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް. އެ ޚާއްސަ ހާލަތްތައް ބަޔާންކުރެވޭނެ. އެހެންވީމާ މިހާރަށްވުރެ ގިނަ ފުރުސަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށަހަޅަން،" ރައީސް

ހިއްސާ ކުރައްވާ!