ގޫގުލްއާއި އެޕަލްއިން އިސްރާއީލުގެ ޖާސޫސީ ހަމަލާއަކަށް އިންޒާރު ދީފި

ގޫގްލް އަދި އެޕަލްގެ ޚިދުމަތްތައް ބޭނުން ކުރާ 150 އަށް ވުރެ ގިނަ ގައުމަކަށް ސަލާމަތީ އިންޒާރުތަކެއް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އިންޒާރުތަކުގެ ތެރޭގައި މުސްސްލިމު ގައުމުތަކާއި މިސްރު އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ. މި އިންޒާރުތައް ދީފައިވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިސްރާއީލުގެ ކުންފުންޏެއް ކަމަށްވާ "އިންޓެލެކްސާ" އިން ފޯނުތަކުގައި ކުރިން ވަގަށް އިންދާފައިވާ އެޑްވާންސްޑް ސްޕައިވެއާ ބޭނުންކޮށްގެން ހެކް ކުރުމުގެ މަސައްކަތްތަކެއް ހިންގަމުން ދިއުމާ ގުޅިގެންނެވެ.

މި އިންޒާރުތައް ދީފައި ވަނީ ޕާކިސްތާނު، މިސްރު އަދި ސައޫދީ އަރަބް އަދި ކަޒަކިސްތާނު، އެންގޯލާ، އުޒްބެކިސްތާނު އަދި ތާޖިކިސްތާނު ފަދަ 150 އަށް ވުރެ ގިނަ ގައުމަށެވެ.
އެޕަލްއިން އެކަނިވެސް 80 އަށް ވުރެ ގިނަ ގައުމުގައި އައިފޯން ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ފޮނުވާފައިވާ ވެއެވެ.
އަދި ޖުމްލަ 150 އަށް ވުރެ ގިނަ ގައުމުގެ ބޭނުންކުރާ ފަރާތްތަކަށް މިހާތަނަށް އިންޒާރު ލިބިފައިވެއެވެ.
ގޫގުލްއިން ވަނީ "އިންޓެލެކްސާ" ގެ މަޝްހޫރު ސްޕައިވެއާ "ޕްރިޑޭޓަރ" ފޯނުތަކަށް ޖާސޫސް ކުރުމަށް ބޭނުންކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

އިންޒާރުތައް ފޮނުވާފައިވަނީ "ދައުލަތަކުން ނުރައްކާތެރި ހަމަލާތައް ދީފާނެ ކަމަށް" އަންގައިދޭ މެސެޖުތަކުގެ ސިފައިގައެވެ. އަދި ޑިވައިސްތައް އަޕްޑޭޓްކޮށް ސަލާމަތީ ފީޗާސްތައް އެކްޓިވޭޓް ކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

"އިންޓެލެކްސާ" ކުންފުނީގެ ފަސްމަންޒަރަށް ބަލާއިރު، އެމެރިކާއިން ޖުލައި 2024 ގައި އެ ކުންފުންޏަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވެއެވެ. އެއީ، ގާނޫނާ ހިލާފަށް ޖާސޫސް ކުރުމުގެ ކެމްޕޭންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންނެވެ.

އެ ކުންފުނިން މަސައްކަތް ކުރާ ގޮތަކީ ޑިވައިސް ބޭނުންކުރާ ފަރާތަކަށް އެންގުމަކާ ނުލައި ފޯނުތަކަށް ވަނުމެވެ. މިކުންފުނީގެ ޖާސޫސީ އެޕް އެންމެ ނުރައްކާތެރި ވިޔަފާރީގެ ޖާސޫސް އާލާތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ ކުރިން ޔަހޫދީ ގައުމުން ޖާސޫސް ކުރަން ބޭނުންކުރި އެންއެސްއޯ ގެ ޕެގަސަސް ފަދަ ސޮފްތްވެއަރތަކާ އެއްފަދައިން، "އިންޓެލެކްސާ" އިން ވެސް އެމީހުންގެ ޖާސޫސީ އެޕް ސަރުކާރުތަކަށް ވިއްކައެވެ. އެ އެޕްތައް ސަރުކާރުތަކުން އެކްޓިވިސްޓުންނާއި ނޫސްވެރިން އަދި އިދިކޮޅު ފަރާތްތައް މޮނިޓަރ ކުރަން ބޭނުން ކުރެއެވެ. މިއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމެކެވެ.

2016 ވަނަ އަހަރުން ފެށިގެން ގޫގުލްއިން 50،000 އަށް ވުރެ ގިނަ އިންޒާރު އަދި އެޕަލްއިން 100،000 އަށް ވުރެ ގިނަ އިންޒާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީފައިވެއެވެ.

މެދުއިރުމަތީގައި، މިސްރު އަދި ސައުދީގައި މީގެ ކުރިން އެންއެސްއޯގެ ސްޕައިވެއާ (ޕެގަސަސް) ބޭނުންކޮށްގެން މީހުންނަށް އަމާޒުކޮށްފައިވާ ހާލަތްތައް ރެކޯޑް ކުރެވިފައިވެއެވެ.

މިކަމަކީ  2024 ގައި ޔޫރަޕިއަން ޔޫނިއަންއިން ތަހުގީގުތައް ފެށުމަށް މަގުފަހިކުރި ކަމެކެވެ.

"ސިޓިޒެން ލެބް" އަދި "އެމްނެސްޓީ އިންޓަރނޭޝަނަލް" އިން ނެރެފައިވާ ރިޕޯޓްތަކުން ވަނީ 2023 ވަނަ އަހަރު މިސްރުގައި އެކްޓިވިސްޓުންގެ ފޯނުތަކަށް އިޒްރޭލުން "ޕްރިޑޭޓަރ" ބޭނުންކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!