ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ބަންގްލަދޭޝްގެ ޒުވާނުން ބައިވެރިވާކަން ހާމަވެއްޖެ

ބަންގްލަދޭޝްގެ ޒުވާނުންގެ ބޮޑު ޢަދަދެއް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅެމުންދާ ކަމަށް ޕާކިސްތާނުން ބުނެއެވެ. މިގޮތުން، ތަހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ޖަމާއަތްތަކަށް ބަންގްލަދޭޝްގެ އެތައް ޒުވާނަކު ބައިވެރިވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މިހާތަނަށް އެމީހުންގެ ތެރެއިން މަދުވެގެން ހަތަރު މީހަކު ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ހިންގި ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ކައުންޓަރ ޓެރަރިޒަމް އެންޑް ޓްރާންސްނޭޝަނަލް ކްރައިމް (ސީޓީޓީސީ) ޔުނިޓުން ލަފާކުރާ ގޮތުގައި މިވަގުތު 25 އާއި 30 އާ ދެމެދުގެ ބަންގްލަދޭޝް ރައްޔިތުން ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މަސައްކަތް ކުރަމުން ދެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި މާދަރިޕޫރުގެ ފައިޞަލް ހުސައިން (22) ހިމެނެއެވެ. އޭނާ މަރުވެފައިވަނީ ސެޕްޓެމްބަރު 2025 ގައި ޕާކިސްތާނުގެ ކަރަކްގައެވެ. އަދި ޒުބައިރު އަހުމަދު (22) މަރުވެފައިވަނީ ސައޫދީ އަރަބިއްޔާ މެދުވެރިކޮށް ޕާކިސްތާނަށް ވަނުމަށް ފަހު އޭޕްރީލް 2025 ގައެވެ. މިފަދަ ހާދިސާތައް ދައްކުވައިދެނީ ދެކުނު އޭޝިއާގެ ހަނގުރާމަވެރިކަމަށް އާދަޔާ ޚިލާފު ބަދަލެއް އައިސްފައިވާ ކަމެވެ؛ އެއީ ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

 

ޒުވާނުން މި ޖަމާއަތްތަކަށް ވަންނަނީ އެމީހުންނަށް ފައިސާގެ ދަޅަ ދައްކައި އޮޅުވާލުމުންންނެވެ. ގިނަ ފަހަރު، ގައުމުން ބޭރުގައި ވަޒީފާ ހޯދަން ބޭނުންވާ ރަށްފުށުގެ ނިކަމެތި ޒުވާނުންނަށް ދުބާއީ ނުވަތަ ސައޫދީ އަރަބިއްޔާގައި ވަޒީފާ ހޯދައި ދޭނެ ކަމަށް ވަޢުދު ވެގެންނެވެ. މިމީހުން ޕާކިސްތާނަށް ވަންނަ ދަތުރުފަތުރުގެ މަގުތަކުގެ ތެރޭގައި އަފްޣާނިސްތާން މެދުވެރިކޮށް ޕާކިސްތާނަށް ދަތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އޮންލައިންކޮށް ހަނގުރާމަވެރި ފިކުރު ފެތުރުމާއި ދީނީ ނައްސުތައް ނުބައިކޮށް ތަރުޖަމާކުރުން ވެސް މިކަމުގައި މައިގަނޑު ދައުރެއް އަދާކުރެއެވެ.

މި މައްސަލައާ ގުޅިގެން ޕާކިސްތާންގެ ފުލުހުން ވަނީ އެންޓި-ޓެރަރިޒަމް އެކްޓްގެ ދަށުން މައްސަލަތައް ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ޕާކިސްތާނުގެ ސަލާމަތަށް ބުރޫއަރާނެ ރޭވުންތައް ރާވާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ހަނގުރާމަވެރި ބޭނުންތަކަށް ޕާކިސްތާނަށް ދަތުރުކުރަން އުޅެނިކޮށް ބަނގްލަދޭޝް އިން ވަނީ 100 އަށް ވުރެ ގިނަ މީހުން ހުއްޓުވާފައެވެ. އަދި ޖުލައި 2025 ގައި ޓީޓީޕީއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބަލިކަށި ފަރާތްތަކާއި ދަތުރުފަތުރުގެ ނާޖާއިޒު ފައިދާ ހަނގުރާމަވެރި ޖަމާއަތްތަކުން ނަގަމުންދާކަން ހާމަވެއެވެ.

Bangladesh’s Militant Pipeline to Pakistan Exposes Yunus Government’s Failures

ހިއްސާ ކުރައްވާ!