ޓްރަމްޕް 3ވަނަ ބޮޑު ހަނގުރާމައެއްގެ އިންޒާރު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަޝިޔާ–ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ދިއުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ފައެވެ. އަދި ޓްރަމްޕް ވަނީ، މި ހަނގުރާމަ ދިގު ލައިގެން ދާނަމަ، 'ތިންވަނަ ބޮޑު ހަނގުރާމަ' އަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ ނޮވެމްބަރު މަހު އެކަނި ވެސް 25,000 ސިފައިން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަނުޖެހުން ވަގުތުން ހުއްޓާލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ކަށަވަރުކޮށްދެއްވާ ގޮތުގައި ރައީސް ވަނީ މޮސްކޯ އާއި ކިޔެވް އާ ދެކޮޅަށް ވެސް ބޮޑު ހިތްހަމަނުޖެހުމެއް ފާޅުކުރައްވާފައެވެ. ޓްރަމްޕް ވަނީ އެއްވެސް ނަތީޖާއެއް ނު ނެރެވޭ ބައްދަލުވުންތަކަށް ވަރަށް ބޮޑަށް ފޑު ވިދާޅުވެފައެވެ. "ގަޑިއެއްގެ ތެރޭގައި" ހަނގުރާމަ ނިންމާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެމެރިކާގެ ސީދާ އަސްކަރީ އެހީތެރިކަން ކުދަކޮށް، އެ ޒިންމާ ނޭޓޯގެ އެކުވެރިން ބޮލުގައި އަޅުވާފައެވެ.

ޓްރަމްޕް ރައީސް ވަނީ ޔޫކްރެއިންގެ ލީޑަރު ވޮލޮޑިމިއަރ ޒެލެންސްކީއާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެ މައްސަލައަކީ މޮސްކޯއަށް ފައިދާވާ ގޮތަށް އެމެރިކާ އިން ހުށަހެޅި ސުލްހައިގެ ޕްލޭނެއް ޒެލެންސްކީ ބަލައިނުގަތުމުންނެވެ. ރަޝިޔާއިން ކިޔެވް ގެ އިރުމަތީގެ ސަރަހައްދުތަކުން ފޭބުމަށް ޔުކްރެއިން އިން އެދެމުންދާ މި ދަނޑިވަޅުގައި، ޓްރަމްޕްގެ އިންޒާރުން ދައްކުވައި ދެނީ ހަނގުރާމަ އިތުރަށް ގޯސްވެގެން ދިއުމުގެ ނުރައްކަލާއި، މިހާރު ފަސްވަނަ އަހަރަށް ވަދެފައިވާ ހަނގުރާމައިގައި އެމެރިކާގެ ނުފޫޒު ހުރި މިންވަރެވެ.

އެމެރިކާގެ ސަރުކަރުގެ ބަޔާނުގައި ވާގޮތުން، މި ހަނގުރާމަ ދިގުލައިގެން ދިއުމަކީ ދުނިޔޭގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ގަބޫލުކުރައްވައެވެ.

ހިއްސާ ކުރައްވާ!