މެސީ މިއަދު ޝާކް ރުޚްޚާންއާ ބައްދަލު ކުރާނެ

ބޮލީވުޑް އާއި ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ދުނިޔެތައް އެއްކޮށްލާ އިވެންޓެއްގައި އިންޑިއާގެ ފިލްމީ ތަރި ސުޕަސްޓާ ޝާހްރުކް ޚާން މިއަދު ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކޮލްކަތާގައި ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީއާ ބައްދަލު ކުރާނެއެވެ.

މި ބައްދަލުވުމަކީ އިންޑިއާގެ ހަތަރު ސިޓީއެއް ކަމަށްވާ ކޮލްކަތާ، ހައިދަރުއާބާދު، މުމްބާއީ، އަދި ނިއުދިއްލީގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޖީ.އޯ.އޭ.ޓީ އިންޑިއާ ޓުއާ 2025 ގެ ބައެކެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމްގައި ޝާހްރުކް ޚާން މެސީއަށް މަރުހަބާ ކިޔުމަކީ މި އިވެންޓަށް އިތުރު ފޯރިއެއް ގެނަސްދޭ ކަމެކެވެ.

އިންޑިއާގެ ތަރި އޭނާގެ އެކްސް ޕްލެޓްފޯމްގައި މި ބައްދަލުވުމުގެ ޚަބަރު ހިއްސާ ކުރަމުން ބުނީ "އުންމީދު ކުރަން މިއަދަކީ މެސީގެ ދުވަހެއް ކަމަށް. ޑިސެމްބަރު 13 ވަނަ ދުވަހު ސޯލްޓް ލޭކް ސްޓޭޑިއަމްގައި ބައްދަލުވާނެ" ކަމަށެވެ.

ލިއޮނަލް މެސީ ކޮލްކަތާއަށް ދިއުމަށް ހަމަޖެހިފައިވަނީ 1:30 ހާއިރު އެވެ. އޭނާ ދަނީ މިއާމީ އިން ފުރައިގެންނެވެ.

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސައުރަވް ގަންގޫލީ އާއި ވެސްޓް ބެންގަލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާޖީއާ ވެސް ބައްދަލު ކުރާނެއެވެ.

ހައިދަރުއާބާދުގައި މެސީގެ ޕްރޮގްރާމްގައި ރާޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި 7 އޮން 7 އެގްޒިބިޝަން ފުޓްބޯޅަ މެޗެއް އޮންނާނެއެވެ. އަދި ޓެލަންގާނާގެ ޗީފް މިނިސްޓަރު ރިވާންތު ރެޑީ ވެސް މި އިވެންޓްގައި ބައިވެރިވާނެ އެވެ. މި ހަވީރު ނިންމާލާނީ މެސީގެ ޝަރަފުގައި އޮންނަ ކޮންސެޓަކުންނެވެ.

ހައިދަރުއާބާދަށް ފަހު މެސީ މުމްބާއީއަށް ދާނެއެވެ. އޭގެ ފަހުން ނިއު ދިއްލީއަށެވެ. ދަތުރު ނިންމާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އިންޑިއާ ޓުއާ 2025 ފަރުމާކޮށްފައިވަނީ މުޅި އިންޑިއާގައި އިރުމައްޗާއި ދެކުނުން ފެށިގެން ހުޅަނގާއި އުތުރަށް ދުނިޔޭގެ ފުޓުބޯޅަ ސުޕަސްޓާއަށް ކުޅިވަރާއި ސަގާފީ އިވެންޓްތަކެއް ކުރިއަށް ގެންދާ ގޮތަށެވެ.

ހިއްސާ ކުރައްވާ!