ސްރީލަންކާގެ މޫސުމީ ކާރިސާއަށް އެހީވުމަށް ހުޅުވި "ރީބިލްޑިން ސްރީލަންކާ" ފަންޑަށް ސްރީލަންކާގައި ތިއްބަވާ ޑިޕްލޮމެޓުން ވަނީ 3.6 މިލިއަން ރުޕީސްގެ ޗަންދާއެއް ވެދެއްވާފައެވެ.
ކޮޅުނބުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިސްޓަރ ވިޖިތާ ހެރަތު އާއި މި ފައިސާ ޑިޕްލޮމެޓުންގެ ފަރާތުން ހަވާލުކޮށްދެއްވީ ކޮޅުނބުގައި ހުންނަވާ އިންޑޮނޭޝިއާގެ ސަފީރު ދޭވީ ގުސްޓީނާ ޓޮބިންގ އެވެ.
މި މުނާސަބާގައި ދިވެހި ސަފީރު މަސްއޫދު އިމާދުވެސް ބައިވެރިވެ ވަޑައިގަތެވެ. ސަފީރު މަސްއޫދު އިމާދުގެ އިތުރުން މި ހަރަކާތުގައި ދެކުނު ކޮރެއާ، ސްވިޒަލޭންޑް، އޮމާންއާއި ފަލަސްތީނު އަދި އިޓަލީގެ އެމްބަސީން ބައިވެރިވެފައި ވެއެވެ.
Masood Imad Joins Colombo Envoys in Donation to Rebuilding Sri Lanka Fund




