ޔޫނެސްކޯގެ ސަގާފީ ތަރިކައިގެ ލިސްޓަށް ދީވާލީ އީދު އިތުރުކޮށްފި

އިންޑިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ މަޝްހޫރު ދީވާލީ ޔޫނެސްކޯގެ 'އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް އޮފް ހިއުމަނިޓީ’ގެ ތަމްސީލީ ލިސްޓަށް ރަސްމީކޮށް އިތުރުކޮށްފިއެވެ. މި އީދަށް ލިބުނު މި މަގަބޫލުކަމަކީ އިންޑިއާގެ ސަގާފަތަށް ދުނިޔޭގައި ލިބުނު ވަނައެއް ކަމަށް ބެލެވެއެވެ.

ދީވާލީއަކީ ވޮއް ދިއްލައިގެްނ ފާހަގަ ކުރާ އީދެކެވެ. މީގެ އިތުރުން، މިއީ އަހަރުގެ އެންމެ ފަހުގެ ކަޅުފޮއެ ނިމި، ހަނދު މަހުގެ ކަލަންޑަރާ އެއްގޮތަށް އާ މޫސުމެއް ފެށުމުގެ އުފާވެރި މުނާސަބަތެއް ވެސް މެއެވެ. މި އީދުގައި އާންމުކޮށް ފާހަގަކުރާ ސަގާފަތްތަކުގެ ތެރޭގައި ގެތައް ސާފުކޮށް ޒީނަތްތެރިކުރުމާއި، ބައްތިތަކާއި ވޮށް ދިއްލުން ހިމެނެއެވެ. އަދި، ހަވާ އާއި ފަޓާސް ޖެހުންވެސް ހިމެނެއެވެ.

ދިވާލީ ޔޫނެސްކޯގެ ލިސްޓަށް އިތުރުކުރުމާއެކު، އިންޑިއާއިން މިހާރު ވަނީ 15 ސަގާފީ ކަންކަން މި ލިސްޓަށް ހިމަނާފައެވެ. މި ލިސްޓުގައި ހިމެނޭ އެހެނިހެން މުހިންމު ބައިތަކުގެ ތެރޭގައި ކުންބު މޭލާ، ކަލްކަތާގެ ދުރުގާ ޕޫޖާ، ގުޖުރާތުގެ ގަރުބާ ނެށުން، ޔޯގާ، ވެޑިކް އިލްމު ރާމްލީލާ އަދި 2024 ވަނަ އަހަރު އިތުރުކުރި ނަވްރޯޒް ފެސްޓިވަލް ހިމެނެއެވެ.

ޔޫނެސްކޯގެ 'އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް' ރައްކާތެރިކުރުމުގެ 2003 ވަނަ އަހަރުގެ ކޮންވެންޝަންގެ މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި އަންނަ ބަދަލުތަކާއި އިޖުތިމާޢީ ބަދަލުތަކުގެ ސަބަބުން ނެތިދިއުމުގެ ބިރަށް ހުށަހެޅިފައިވާ ދިރޭ ސަގާފަތްތައް ރައްކާތެރިކުރުމެވެ. މި ވަގުތު، ޔޫނެސްކޯގެ 20 ވަނަ އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް ކޮމިޓީގެ ބައްދަލުވުން އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

Festival of Lights Recognized: UNESCO Adds Deepavali to World Heritage of Living Traditions

ހިއްސާ ކުރައްވާ!