މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި 666.7 މިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކެއް ފަށްޓަވައިފި

ރ. ދުވާފަރުގައި ފާހަގަކުރި މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށުގައި ތަރައްގީގެ މުހިންމު 6 މަޝްރޫއެއް ރަސްމީކޮށް އިފްތިތާހުކުރައްވާފައެވެ. މި ހުރިހާ މަޝްރޫއެއްގެ ޖުމްލަ އަގު 666.7 މިލިއަން ރުފިޔާއަށް އަރައެވެ. މި މަޝްރޫއުތަކަކީ ދުވާފަރުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ.

މި ގޮތުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އިފްތިތާހުކުރެވުނެވެ.

  • 66 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 810 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
  • މީގެއިތުރުން، ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުވެސް މިއަދު އެމްޓީސީސީއާ ހަވާލުކުރެވިފައިވާއިރު، މި ސައްކަތުގެ އަގަކީ 172.93 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް 360 ދުވަސް ވަނީ ކަނޑައަޅާފައެވެ.

ދުވާފަރުގައި ތަރައްގީކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރީ 1.76 މިލިއަން ރުފިޔާއަށެވެ.

  • މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒުކޮށްފައެވެ.

އަދި، ރ. ދުވާފަރުގައި އައުޓްޑޯ ވޮލީ ކޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ފަށާފައިވެއެވެ.

  • މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ދުވާފަރު ރައްޔިތުންނަށް ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.

  • މިއީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މީގެއިތުރުން، ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތްވެސް ރަސްމީކޮށް ފަށާފައި ވެއެވެ.

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، އެސްޓިއޯގެ އަގުގައި ތެޔޮ ލިބޭނެ ފުރަތަމަ ފިއުލް ޝެޑްވެސް ވަނީ ދުވާފަރުގައި ހުޅުވާފައެވެ.

On Fishermen’s Day, President Muizzu Unveils MVR 666 Million in Projects for Dhuvaafaru

ހިއްސާ ކުރައްވާ!