ޓެކްސަސްގެ ޕްލާނޯގެ އިސްލާމީ މަރުކަޒާ ދެކޮޅަށް ސޮލީބީންގެ ބަޔަކު ކުރި މުޒާހަރާ ނާކާމިޔާބު ވެއްޖެ ކަމަށް ޕްލާނޯގެ އިސްލާމީ މަރުކަޒުގެ މުދީރު ޑރ، ޔާސިރު ގާޒީ ވިދާޅުވެއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދު މުޒާހަރާ ކޮށްފައި ވަނީ ސްޓޭޓުން ބޭރުން އައި ބަޔެކެވެ. ސޮލީބީން މިސްކިތް ކައިރީގައި މުޒާހަރާ ކޮށްފައި ވަނީ ޅަވަރެއްގެ އޫރެއް ކިހިލި ޖަހައިގެން ތިބެއެވެ. އަދި މުޒާހަރާ ނިންމާލަމުން ވާހަކަ ދައްކަން ހަދާފައި ހުރި ޕޯޑިއަމްގައި ވެސް އޫރެއްގެ އަނގައިގެ ތެރެއަށް ފޮތެއް ލައިގެން އެއީ ޚަތިމެއް ކަމަށް ބުނަމުން ދިޔައެވެ،
ޑރ. ޔާސިރު ގާޒީއަކީ އެމެރިކާގައި ނަން މަޝްހޫރު އިސްލާމީ ޝަޚުސިއްޔަތެކެވެ. އޭނާ ހިންގަވާ އީސްޓް ޕްލޭނޯ އިސްލާމިކް ސެންޓަރ (އެޕިކް) އަކީ ޖަމާއަތަށް އެހީ ވުމުގައި އިސް ދައުރެއް އަދާކުރާ މަރުކަޒެކެވެ. އެތާނގައި ހުރިހައި ދީނެއްގެ މީހުން ހިމެނޭ ގޮތަށް ފަގީރުންނަށް ބޭސްފަރުވާއާއި ކާން ދިނުމުގެ އިންތިޒާމުވެސް ހަމަޖައްސާފައި ވެއެވެ،.
ޑރ. ޔާސިރު ގާޒީ ވިދާޅުވީ ސޮލީބީން ހަމަނުޖެހުން އުފެއްި ނަމަވެސް އެޕިކް އިން ކުރިއަށް ގެންދާ އެންމެނަށް އެހީވާ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ އިސްލާމޯފޯބިއާއަށް ހިތްވަރު ދިނުމުގެ ސޮލީބީ ސިޔާސަތާ އެކު އެމެރިކާގައި މުސްލިމުންނާއި މިސްކިތްތަކާ ދެކޮޅަށް ނިކުތުން މިހާރު ވަނީ ހައްދުފަނައަޅާފައިޥާ ޓެރަރިސްޓު ކަނާތު ފިޔާގެ ދޮން މީހުންގެ ގާތު ފެޝަނަކަށް ވެފައެވެ.
ސޮލީބީންގެ މުޒާހަރާތަކުން:


EPIC Masjid – East Plano Islamic Center







