ހުޅަނގުގެ ތަހުޒީބު ޕާޓޭ ސަގާފަތަށް ބަދަލުވެއްޖެ

ހޮވީވުޑްގެ ތަރި ވިލް ސްމިތުގެ ދަރި ޕެރިހުގައި ލައިގެން އުޅުނު ހެދުމަށް މީސްމީޑިއާގައި މީހުންގެ ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ. މި ސޮރު ލައިގެން ހުރި ފަޓުލޫނު އޮންނަނީ ޅިނދުން ފައިބާފައެވެ. އަދި އޭނާ އަބަދު އުޅެން ޖެހެނީ ފަޓުލޫނު މައްޗަށް ނެގުމުގައެވެ.

ވިލް ސުމިތުގެ ދަރި ޖޭޑަން ސްމިތުގެ ހެދުން އެޅުމާ ބެހޭ ގޮތުން މީހުން ވަނީ ސަގާފަތާއި ތަރުބިއްޔަތާ ބެހޭ ގޮތުން ބަހުސް ކޮށްފައެވެ.

އެއް ޒަމާނެއްގައި ތަހުޒީބާއި ފަންނުވެރިކަމުގެ ލޯގަނޑެއް ކަމަށް ފެނުނު ހުޅަނގުގެ ފެޝަން މިހާރު ވަނީ ޕާޓޭ ސަގާފަތަށް ވެ ނިމިފައެވެ. މި ސަގާފަތް އޭގެ އެންމެ ފަހު ޒަމާނަށް އެޅިފައިވާއިރު ފެންނަނީ މުޑުދާރުކަމާއި އާންމު މިންގަނޑުން ސޮއްސާލާފައިވާ ތަނެވެ.

މި މަންޒަރު މިހާރު ވަނީ ހުޅަނގުގެ ރަމްޒަށް ވެފައެވެ.

Fashion as Farce: Jaden Smith, Upbringing, and the Lost Generation

ހިއްސާ ކުރައްވާ!