ރައީސް ވިޔަފާރިވެރިންނާއެކު 3 ގަޑިއިރު ހޭދަކުރައްވައިފި؛ ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށް ބަރާބަރު ތިންގަޑިއިރު ހޭދަކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމަށާއި، ވިޔަފާރިވެރިންގެ ހުރިހާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި ކުދި އަދި މެދު ފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެވެ. ބައްދަލުވުން ފައްޓަވައި ދެއްވަމުން … Continue reading ރައީސް ވިޔަފާރިވެރިންނާއެކު 3 ގަޑިއިރު ހޭދަކުރައްވައިފި؛ ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތު