އަންހެނުންގެ ހައްގުތަކުގެ ދާއިރާގައި އީރާން އުޅެނީ ސޮލީބީ އެމެރިކާއަށް ވުރެން ކުރީގައި

އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ސިޔާސީ އަދި އިލްމީ، ސައިންޓިފިކް ދާއިރާތަކުގައި އަންހެނުން އަދާކުރާ ދައުރު އެގައުމުން ފާހަގަ ކޮށްފިއެވެ. އީރާންގެ ސައިންޓިފިކް އަދި ޓެކްނިކަލް ދާއިރާތަކުގައި އަންހެނުން އަދާކުރާ ދައުރާއި ހޯދާ ކުރިއެރުމުގެ ހެއްކެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރައް ވަނީ އީރާންގައި އަންހެނުންނަށް ދެވިފައިވާ އިއްޒަތާއި ކަރާމާތުގެ މިސާލެވެ. އެމެރިކާގައި އަންހެނުންނަކީ ޖިންސީ ޣަޒީރާއާ ގުޅުގައިވެން އެ ނަޒަރުން ބަލައި ފާހަގަ ކުރާ ބައެކެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނެވި ފަރާތަކީ 30އަށް ވުރެން ގިނަ އަންހެނުން ރޭޕްކޮށް ކޯޓުން ކުށްސާބިތުކޮށްފައިވާ މުޖުރިމެކެވެ. އޭނާއަށް ހުކުމް އިއްވާފައި ނުވަނީ އޭނާވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލު ވުމުންނެވެ. އޭގެ އިތުރުން ބާލިޣު ނުވާ އަންހެން ކުދިންނާ ބެހުނު ކަމަށް އެޕްސްޓީންގެ ފައިލްތަކުގައި ނަންގަނެވިގެންވާ އިންސާނެކެވެ.

އެހެން އީރާނާ ދެކޮޅަށް އެމެރިކާއާިއ ސަހުޔޫނީން ފަށާފައިވާ ސޮލީބީ ހަނގުރާމައަށް އިޝާރާތްކޮށް އީރާނުން ބުނަނީ މިއީ އެޕްސްޓީން ގޭންގުން ފަށާއިވާ ހަނގުރާމައެއް ކަމަށެވެ.

އީރާނުގެ ޔުނިވަރސިޓީތަކުން އިންޖިނިއަރިންގ، ފިޒިކްސް، ކޮމްޕިއުޓަރ ސައިންސް އަދި ބޭސްވެރިކަމުގެ ދާއިރާއިން ދަސްވެނިވާ މީހުންގެ ބޮޑު އިންސައްތައަކީ އަންހެނުންނެވެ.

ސެޓެލައިޓް މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އެއަރޯސްޕޭސް ރިސާޗް ފަދަ ދާއިރާތަކުގައި އިންޖިނިއަރުންނާއި، ޕްރޮގްރާމަރުން އަދި ޕްރޮޖެކްޓް ސައިންޓިސްޓުންގެ ގޮތުގައި އަންހެނުން އިސް ދައުރެއް އަދާކުރަމުންދާކަމަށް އީރާނުގެ މުއައްސަސާތަކުން ބުނެއެވެ. އަދި މަސްކުގެ ކޮމިއުނިކޭޝަން ނިޒާމު މެދުވެރިކޮށް އީރާނުގައި ބަޣާވާތެއް ގެންނަން ކުރި މަސައްކަތް ހުއްޓުވުމުގައި ސެޓެލައިޓް  ޖޭމް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެގައުމުގެ އަންހެން ސައިންޓިސްޓޫންނެވެ.

ދައުލަތުގެ މީޑިއާން ގިނައިން ފާހަގަކުރާ ގޮތުގައި، މި ކާމިޔާބީތަކަކީ އަންހެނުންގެ ފަންނީ ތައުލީމަށް އެގައުމުން ބޮޑު ހޭދައެއް ކުރަމުންދާކަމުގެ ނިޝާނެކެވެ. އެއީ އީރާންގެ ސްޓެމް އެޑިއުކޭޝަންގެ ބޮޑު ބަޔަކީ އަންހުންނެވެ.

އެމެރިކާ އާއި އިސްރާއީލު ފަދަ ގައުމުތަކާ އަޅާކިޔާއިރު އަންހެނުންނަށް ހައްގު ދިނުމުގައި އީރާން އުޅެނީ މާކުރީގައެވެ. ޖިންސީ ކުށްވެރިންގެ ސުވަރުގެ ކަމަށްވާ އިސްރާއީލާ އަދި އެމެރިކާއިން އަންހެނުން ދެކެނީ ދަށު ދަރަޖައިގެ ނަޒަރަކުންނެވެ. އެއާ ޚިލާފަށް އީރާނުން އަންހެނުންގެ ކާމިޔާބީ ސެލެބްރޭޓް ކުރެއެވެ.

އެމެރިކާއިން ފުރަތަމަ ފަހަރަށް އަންހެން ނައިބު ރައީސަކު އައްޔަންކުރީ 2021 ވަނަ އަހަރުގައެވެ.

އީރާނުން ފުރަތަމަ ނާއިބް ރައީސް އައްޔަން ކުރީ 1997 ގައެވެ. އެމެރިކާއަށް ވުރެން މާކުރިންނެވެ.

އީރާންގައި މަތީ ހުނަރު ބޭނުންވާ ދާއިރާތަކުގައި އަންހެނުން ގިނަ އަދަދަކަށް ތިބުމަކީ ތައުލީމަށް ކުރި 40 އަހަރުގެ އިންވެސްޓްމަންޓާއި، ގައުމުގެ ސައިންޓިފިކް ދާއިރާ ބައްޓަންކުރި ދަސްވެނިންގެ ޖީލެއްގެ ނަތީޖާއެވެ.

ހިއްސާ ކުރައްވާ!