ޔޫއޭއީއަށް ފޮނުވާލި ޑްރޯންގެ އަދަދުތަކުން އެކަނިވެސް އީރާނުގެ ބާރު ވަޒަން ކޮށްލެވޭ

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ބުދަ ދުވަހު އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ އީރާނުން ފޮނުވާލި 6 ބެލިސްޓިކް މިސައިލާއި، 7 ކްރޫޒް މިސައިލް އަދި 39 ޑްރޯން ހުއްޓުވާފައެވެ.

އެ މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އީރާނުން ދޭން ފެށި މި ހަމަލާތަކާ ގުޅިގެން މިހާތަނަށް ޔޫއޭއީގެ އެއާ ޑިފެންސްއިން ވަނީ 268 ބެލިސްޓިކް މިސައިލާއި، 15 ކްރޫޒް މިސައިލް އަދި 1514 ޑްރޯން ހުއްޓުވާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި "މި ހަމަލާތަކުގެ ސަބަބުން ޔޫއޭއީ، ޕާކިސްތާން، ނޭޕާލް އަދި ބަންގްލަދޭޝްގެ 6 މީހަކު ވަނީ މަރުވެފައެވެ. އަދި ޔޫއޭއީ، މިސްރު، ސޫދާން، އިތިއޯޕިއާ، ފިލިޕީންސް، ޕާކިސްތާން، އީރާން، އިންޑިއާ، ބަންގްލަދޭޝް، ލަންކާ، އަޒަރުބައިޖާން، ޔަމަން، ޔުގެންޑާ، އެރިޓްރިއާ، ލުބުނާން، އަފްޣާނިސްތާން، ބަހްރޭން، ކޮމޮރޯސް، ތުރުކީ، އިރާގު، ނޭޕާލް، ނައިޖީރިއާ، އޮމާން، އުރުދުން، ފަލަސްތީން، ގާނާ އަދި އިންޑޮނޭޝިއާގެ 131 މީހަކަށް ކުދި އަދި މެދު މިންވަރުގެ އަނިޔާ ލިބިފައިވެއެވެ."

ޑިފެންސް މިނިސްޓްރީން ވަނީ ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަތިލުމަށާއި، ދައުލަތުގެ ސަލާމަތަށް ބުރޫއަރާފާނެ ކޮންމެ ކަމަކަށް ހަރުކަށިކަމާއެކު ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އީރާނުން ދަނީ އެމެރިކާއާއި އިޒްރޭލުން ދޭ ޓެެރަރިސްޓް ހަމަލަތަކަށް ބަދަލު ހިފުމުގެ ގޮތުން ގަލްފްގެ ގައުމުތަކުގައި ހިމެނޭ އެމެރިކާގެ އަސްކަރީ އިގްތިސާދީ އަދި ވިޔަފާރި މަސްލަހަތުތަކަށް ހަމަލަ ދެމުންނެވެ. މި ގައުމުތަކަކީ އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލަދީ 180 ކުދިން ޝަހީދު ކޮށްލި ހާދިސާއާއި އީރާންގެ ޒައީމް ޚާމަނާއީ ޝަހީދު ކޮށްލި ހާދިސާ ކުށްވެރިކޮށް ބަޔާން ނުނެރުނު ގައުމުތައް ކަން ފާހަގަ ކުރެވެއެވެ. މިހާތަނަށް މި ގައުމުތަކުން ހިމާޔަތް ހޯދީ އެމެރިކާއާއި އިޒްރޭލު ކިބައިންނެވެ. ނަމަވެސް ޓްރިލިއަން ޑޮލަރު ހޯދައިގެން ބިއއްލުރި ހަރޮށިބިނާތައް އަޅައި އަމާން ތަންތަން ކަމަށް ދެއްކި ހުވަފެންތައް އެއީ ބިލާހެއްކަމަށް އީރާނުން ވަނީ ސާބިތުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!