13 ދުވަހަށް ފަހު އެމެރިކާ ބަލިވެއްޖެ: މެދުއިރުމަތިން ފޭބުމަށް އެމެރިކާ އެއްބަސްވެއްޖެ

އެމެރިކާއާއި އިޒްރޭލުން ދެމުންދިޔަ ޓެރަރިސްޓް ހަމަލާތަކަށް އީރާނުން 13 ދުވަސް ވަންދެން ދިން ވަރުގަދަ ރައްދުތަކަށް ފަހު، އެމެރިކާ ބަލި ގަބޫލުކޮށް މެދުއިރުމަތިން ފޭބުމަށް ނިންމައިފިއެވެ. މަސްްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ އަބުރާއި ބުރުސޫރަ ހިފެހެއްޓޭނެ ފަދަ ގޮތަކަށް ސަރަހައްދުން ބޭރުވުމުގެ ފޯމިއުލާއަކަށެވެ.

މި ހަމަލާތައް ފެށިގެން ދިޔައީ އީރާނުގެ ސަރުކާރު ވައްޓާލުމަށާއި، ޒަމާނީ އީރާން ބިނާ ކުރި އެ ގައުމުގެ މޭސްތިރި އަލީ ޚާމަނާއީ އަވަހާރަކޮށްލައިގެން އީރާނުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން އުންމީދު ކުރި ގޮތާ ޚިލާފަށް، އީރާނުގެ ރައްޔިތުންގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުއުފެދެއެވެ. އަދި، އީރާނުން ވަނީ ސޮލީބީން ޒަޔަނިސްޓުންނަށް ވަރުގަދަ އަސްކަރީ ރައްދެއް ދީފައެވެ. މީގެ ސަބަބުން އެމެރިކާއަށް ވަނީ ގަލްފްގެ ގައުމުތަކުން ބޭރުވުމަށް އީރާނުން ބުނާ ޝަރުތުތަކަށް ރުހުން ދިނުމަށް މަޖުބޫރުވެފައެވެ.

ހަނގުރާމަ ފެށި ބޮން އެޅުމަށްފަހު އެމެރިޚާއިން އީރާނަށް މަޝްވަރާއަށް އައުމަށް ގޮވާލި އެވެ. އީރާނުން އެކަމަށް ކުރީ މަލާމާތެވެ! އީރާނުން ބުނީ މަޝްވަރާ ކުރުމެއް ނެތް ކަމަށެވެ. ހަނގުރާމަ ނިންމަންވާ ގޮތް އެނގޭނީ އީރާނަށް ކަމަށެވެ.

އީރާނުން ދޭ ހަމަލަތައް ހުއްޓާލުމަށް އީރާނުން ކުރިމަތި ކުރި އެންމެ ބޮޑު ޝަރުތަކީ އެމެރިކާގެ ސޮލީބީ އުދުވާނީ ސިފައިން މެދުއިރުމަތިން ފޭބުމެވެ.

ބޭރުގެ ޑިޕްލޮމެޓުންނާއި ރަޝިޔާއިން ޔަގީންކޮށްދޭ ގޮތުގައި، އެމެރިކާއިން މިހާރު ވަނީ މިކަމަށް އެއްބަސްވެފައެވެ. އަދި ރަޝިޔާގެ ގެރެންޓީއާ އެކު ގަލްފްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުސްކުރުމުގެ ތާވަލެއް އެކުލަވާލަން އެމެރިކާއިން ވަނީ ފަށާފައެވެ. ފުރަތަމަ މަރުހަލާގައި ބައެއް ބައެއް ސިފައިންނާއި އަސްކަރީ ސާމާނު ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ މަރުހަލާގައި ހުރިހާ މަރުކަޒުތަކެއް އެމެރިކާއިން ހުސްކުރާނެއެވެ.

އެމެރިކާއަށް ގްލްފްގައި ތިބުން މުހިންމު ވެދާނެއެވެ. ނަމަވެސް އެމެރިކާ ޓްރަމްޕް ރައީސަށް މުހިންމު ވާނީ އޭނާގެ އައުލާދަށް މިތަންތަނުން ލިބޭނެ ވިޔަފާރި ފުރުސަތުތަކެވެ. ގަލްފްގެ އަރަބި ޝާހީ ޚާންދާންތަކާ ގުޅިގެން އެމީހުންގެ އާއިލީ ވިޔަފާރިއަށް ފަހިވާ ކޮންމެ ކަމަކީ ޓްރަމްޕަށް މުހިންމުވާނެ ކަމެކެވެ. މިހާރު ޓްރަމްޕަށް އޮތް ގޮތަކީ އެއީ އެވެ.

އަނެއްކޮޅުން އިޒްރޭލުގެ އެންމެ ހައްސާސް ޖާސޫސީ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ މެދުނުކެނޑި މިސައިލް ހަމަލާތައް ދެމ،ުން ގޮސްފައެވެ. އީރާނުގެ "ޚައިބަރު" މިސައިލްތައް ފޮނުވާލުމުން، ޔަހޫދީންނަށް ބަންކަރުތަކަށް ވަންނަން ލިބެނީ އެންމެ 4 މިނެޓެވެ. ގިނަ ފަހަރަށް ޔަހޫދީންނަށް ބަންކަރަށް ނުވަދެވި އުޅެނިކޮށް މިސައިލްތައް އަމާޒަށް ވާސިލްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ވަނީ އެއްފަހަރާ 13 ގައުމަކަށް ހަމަލާދީ، އެމެރިކާގެ މަނަވަރުތަކަށް ވެސް ނުރައްކާ ކޮށްފައެވެ. މި ހާރު މަތިންދާބޯޓު އުފުލާ އެއް މަނަވަރު އެމެރިކާއަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް ވެއެވެ. އަދި އެމެރިކާ އިން ހުރުމުޒު ކޮންޓްރޯލު ކުރާނެ ކަމަށް ބުނިއިރު 70 އަހަރު ވަންދެން ގަލްފްގެ ސެކިއުރިޓީއަށް އެމެރިކާ ކުރި އިންވެސްޓްތަކުން އެކަންވެސް އެމެރިކާއަށް ކޮށެއް ނުދެވުނެވެ. އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅިވެސް އީރާންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އަދި އަރަބިންނަށް މިހާރު ޔަގީންވީ އެމީހުން ހަދައިގެން އުޅޭ ބިއްލޫރި ހަރޮށި ބިނާތަކުގައި އަމާންކަމާއެކު އެމީހުންނަށް އުޅެވޭނީ އީރާނަށް ނުރައްކާ ނުކޮށް އީރާންގެ ސަލާމަތްވެސް ގެރެންޓީ ކޮށްގެންނެވެ.

އީރާނަކީ ދުނިޔޭގައި އެގައުމުގެ ޗާޓަށް ބަދަލެއް ނައައިސް އެންމެ ގިނަ ދުވަސްވަންދެން އެއްގޮތަކަށް ދެމިގެން ގޮސްފައިވާ ގައުމެވެ. ސާސާނީންގެ ވެރިކަމުން ފެށިގެން މީލާދީން 12 ވަަނ ގަރުނުން ފެށިގެން މިއަދާހަމައަށް އީރާންގެ ޗާޓް ބަދަލު ވެފައެއް ނުވެއެވެ. އަދި ކުރު މުއްދަތަކަށް އިނގިރޭސިން އީރާނަށް އެރިނަމަވެސް އީރާނަކީ ތާރީޚުގައި ދުވަހަކުވެސް އިސްތިއުމާރު ކުރެވިފައިވާ ގައުމެއް ނޫނެވެ.

ޖުމުލަ ކޯށް ބަލާނަމަ މިހަނގުރާމައިން އީރާނަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. 8 އަހަރުގެ ގަލްފް ހަނގުރާމައިގައި އީރާން ބައިކޮށްލުމަށް ސައްދާމަށް ފައިސާއާއި ހަތިޔާރު ދީގެން އީރާން ބަލިކޮށްލަން މަސައްކަތް ކުރި ހުރިހައި ގައުމަކަށް މިއަދު އީރާނުން ވަނީ މިސައިލް ފޮނުވާލައި އަމިއްލަ ސިޔާދަތާއި ރައްޔިތުންގެ އުފެއްދުންތެރިކަމުން އެމެރިކާގެ ތައްޕާހުގައި ނުޖެހި ގައުމެއް ތަރައްގީ ވާނެ ގޮތް ސާބިތުކޮށް ދައްކާފައެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާއިން 70 އަހަރު ވަންދެން މެދުއިރުމަތީގައި ކުރި ހޭދައާއި އަސްކަރީ ޖާސޫސީ މަސައްކަތް އެންމެ 13 ދުވަހުގެ ތެރޭގައި ވަނީ ފަނާވެގެން ގޮސްފައެވެ.

އީރާނުގެ ލީޑަރު ޝަހީދުކޮށްލުމާ ގުޅިގެން، އީރާނަށް މިހާރު ވަނީ އެއްވެސް ޑިޕްލޮމެޓިކް އުސޫލަކަށް ބެލުމެއް ނެތި ޒަޔަނިސްޓުންނާއި ސޮލީބީންގެ ކޮންމެ ތަނެއްގައި ހުރި އަތްފޯރާ ކޮންމެ އަމާޒަކަށް ހަމަލާދިނުމުގެ މިނިވަންކަން ލިބިފައެވެ.

މިއީ މި ހަނގުރާމައިގައި އީރާނުން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށް ބަލަމާ ހެއްޔެވެ!

ހިއްސާ ކުރައްވާ!