ޔޫއޭއީން އެމެރިކާއާއި އިސްރާއީލުގެ ސޮލީބީ ސަހުޔޫނީ ހަމަލައަށް ވާގިވެރިވާތީ އީރާނުން ދެމުންދާ ދިފާއީ ކާމިޔާބު ހަމަލާތަކުގައި މިސްރުން ޔޫއޭއީގެ ދިފާއުގައި އައިސް އީރާނަށް ބޮން ނައަޅަނީ ކީއްވެތޯ ޔޫއޭއީއިން ސުއާލު ކުރެއެވެ.
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާއިދުގެ މުސްތަޝާރު އަބްދުލްޚާލިޤު އަބްދުﷲ ބުނަނީ މިސްރުގެ އެފް16 މަތިންދާބޯޓު ތަކުން އައިސް އަރަބި އަޚެއްގެ ދިފާއުގައި އީރާނަށް ހަމަލަ ނުދޭންވީ ކީއްވެ ހެއްޔެވެ. މި އަބްދުލްޚާލިގްއަކީ އިސްރާއީލުގެ ބާރުގަދަ ކަމުގެ ވާހަކަ ދައްކަމުން މިދިޔަ ހަފްތާގައި އިލާހީ ޒާތުފުޅަށް އިންޓަރވިއުއެއްގައި ފުރައްސާރަކޮށް އިސްރާއީލަކީ ހެއްދެވި ފަރާތަށްވެސް ބަލި ނުކުރެވޭނެ ގައުމެއް ކަމަށް ބުނެ ކުފުރުގެ ބަސްތައް ރައްދު ކުރި މީހާއެވެ!
އަބްދުގެ ޚާލިޤްގެ ވާހަކައަށް ރައްދު ދެމުން މީހުން ސުއާލު ކުރަނީ ފަލަސްޠީނު މީހުންގެ ޤަތުލުއާންމު ހިންގައި އެމީހުން ބަނޑަށް ޖެއްސިއިރު ޔޫއޭއީ އޮތީ ކޮންތާކު ހެއްޔެވެ؟
އަދި ޔޫއޭއީއަކީ ފާޅުގައި ސަހުޔޫނީންނާ ދެކޮޅަށް ހިތްވަރުދީ ފަލަސްޠީނު ޤަތުލުއާންމަށް ވާގިވެރިވި ފަރާތް ނޫން ހެއްވެ؟
މިސްމީޑިއާގައި މި ކަމާ ގުޅިގެން ސުއާލުކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ:
އީރާނާ ދެކޮޅަށް ހަނގުރާމައަށް ހިތްވަރުދިނީ ކާކު ހެއްޔެވެ؟
އެއީ ހަމަ ތިޔަ އިމާރާތު މީހުންނެވެ.
ދިހަވަރަކަށް އަހަރު ވަންދެން "ފާރިސީ ނުރައްކަލުގެ" ޝިއާރު އުފުލައި، އަރަބި ބައްދަލުވުންތަކުގައި އެ ވާހަކަ ފެތުރީ ކާކު ހެއްޔެވެ؟
އެއީ ހަމަ ތިޔަބައިމީހުންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރިއަށް ގެންދިޔަ އިގްތިސާދީ އަދި ނުސީދާ ހަނގުރާމައިގައި އެމީހުންނާއެކު އެއް ސަފެއްގައި ތިބީ ކާކު ހެއްޔެވެ؟
އެއީ ހަމަ ތިޔަބައިމީހުންނެވެ.
ޣައްޒާގައި ތިބި އަހަރެމެންގެ އަޚުންނާ ދެކޮޅަށް އިސްރާއީލަށް ވާގިވެރިވީ ކާކު ހެއްޔެވެ؟
އެއީ ހަމަ ތިޔަބައިމީހުންނެވެ.
ވީމާ، މިއަދު ތިޔަބައިމީހުންގެ ބައެއް ގޭގޭގައި އަލިފާން ރޯވުމުން ހައިރާންނުވާށެވެ.
މި ހަނގުރާމައިގެ ތެރެއަށް އަމިއްލައަށް ވަދެގަތީ ތިޔަބައިމީހުންނެވެ.
އެއީ ސަހްޔޫނީންނާއެކު ގުޅުން ގާއިމުކުރުމަކީ ތިޔަބައިމީހުންނަށް އޮތް އައްޑަނައެއް ކަމަށް ހީކޮށްގެން ކުރި ކަމަކުން ވީކަމެއް ނޫން ހެއްޔެވެ.
ތިޔަބައިމީހުންގެ ކިބައިގައި ހޭލުންތެރިކަމެއް ހުރިނަމަ، އެފަދަ ގުޅުމެއް ގާއިމުކުރަމުން ނުދިޔައީހެވެ.
ތިޔަބައިމީހުން ވެސް ތިބީ އިސްރާއީލާ ދެކޮޅުވެރި އިސްލާމީ ދައުލަތެއްގެ ބޯޑަރުގައި ނޫން ހެއްޔެވެ.
މި އުންމަތުގެ މިސްރާބު އިސްލާމްދީނާ ދެކޮޅަށް އަނބުރާލަނީ ހަމަ ތިޔަބައި މީހުންނެވެ.
ހަގީގަތުގައި ތިޔަބައި މީހުންގެ ހަގީގީ ދުޝްމަނަކީ ޝީޢީންނެއް ނުވަތަ ސުންނީންނެއް ނޫނެވެ.
ތިޔަބައި މީހުންގެ ދުޝްމަނަކީ ބިންތައް ފޭރިގަނެގެން އުޅޭ ޔަހޫދީ ދައުލަތެވެ.
އެކަމަކުވެސް ތިޔަބައިމީހުން އީރާނާ ދިމާލަށް ބަލަނީ ދުޝްމަނެއްގެ ގޮތުގައެވެ.
މިއީ ހަމަ އެމެރިކާއާއި އިސްރާއީލުންވެސް ބަލާ ގޮތެވެ.
ވީއިރު ތިޔަބައިމީހުންނަ އުންމަތުގެ އެހެން ދުޝްމަނުންނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
މިޞްރު ސިފައިންނަކީ ތިޔަބައިމީހުންގެ އަމިއްލަ ފާރަވެރި ބަޔެއް ނޫނެވެ.
އަދި ތިޔަބައިމީހުންގެ ގައުމުގެ ލަޝްކަރުގެ ސިފައިންގެ ބަޔެއްވެސް ނޫނެވެ.
ޔަމަނުގެ ނިކަމެތިންނާ ދެކޮޅަށް ފިރިހެންވަންތަކަން ދައްކައި ބޮން އަޅަން ބޯޓުތައް އުދުއްސިހެން އީރާނާ ދެކޮޅަށް ނިކަން ފިރިހެންވެފައި ބޯޓުތައް އުދުއްސަން ނުކެރެނީ އީރާނު ބާރުގަދަވީމައި ހެއްޔެވެ؟
މިއަދު އީރާނުގެ ދައުލަތް ރޫޅިއްޖެނަމަ، މާދަމާ އެކަން ދެން ދިމާވާނީ މިޞްރަށްކަން މިޞްރު މީހުންނަށް ޔަގީނުންވެސް އެނގެއެވެ.
ހުޅަނގުން އެމީހުންގެ ސަރަހައްދީ ވާދަވެރިޔާ އީރާނު ނައްތާލުމަށްފަހު، ދެން އެމީހުންނަށް އޮތް އެންމެ ބޮޑު އަމާޒަކަށް ވާނީ މިޞްރެވެ.
މިޞްރުން އިސްލާމީ ދައުލަތަކާ ދެކޮޅަށް އެފަދަ ކަމެއް ނުކުރާނެއެވެ.
މިޞްރުގެ ހަމައެކަނި މުގައްދަސް ހަނގުރާމައަކީ، ކަނޑުން ފެށިގެން ގަލްފާ ހަމައަށް އިސްލާމީ އުންމަތަށް ފާރަލަމުންދާ ސަހްޔޫނީންނާ ދެކޮޅަށް ކުރާ ހަނގުރާމައެވެ.
އެމެރިކާއާއި އިސްރާއީލުގެ ބަދަލުގައި ތިޔަބައި މީހުން އަޑީގައި ތިބެގެން ކުރުވާ ހަނގުރާމައަކީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ނުލަފާ ކަންކަމާ ގުޅިފައިވާ ހަނގުރާމައެކެވެ. (މުތަރުޖިމް)



