ދެ ހަފްތާއަށް ހަމަލަތައް މެދުކަނޑާލުމަށް އީރާނުގެ "10 ނުކުތާގެ" ހުށަހެޅުން
- އީރާނަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިނުން.
- ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތުން.
- އީރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު ލިބިގެންވާކަން ގަބޫލުކުރުން.
- އަސާސީ އަދި އެނޫނަސް އެހެން އިތުރު ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން.
- އީރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުންނާއި އައި.އޭ.އީ.އޭ. ގެ ބޯޑް އޮފް ގަވަރނާސްއިން ފާސްކޮށްފައިވާ ހުރިހާ ގަރާރުތަކެއް އުވާލުން.
- ހަނގުރާމައިން އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުން.
- ގަލްފް ސަރަހައްދުން އެމެރިކާގެ ހަނގުރާމަވެރި ހުރިހާ ސިފައިން ބޭރުކުރުން.
- ލުބުނާނުގައިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާއި ސަހަރައްގުގެ އެހެން ހުރިހައި ހިސާބެއްގައިވެސް ހަނގުރާމަ ހުއްޓާލުން.
- ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން.
- މިކަންކަމަކީ ބައިނަލްއަގްވާމީ ގޮތުން ލާޒިމު ކުރާ ކަންކަން ކަމަށް ކަނޑައެޅުމަށް އދގެ ސަލާމަތީ މަޖިލީހުން މި ކަމާ ބެހޭ ގޮތުން ގަރާރެއް ފާސްކުރުން




