އެމެރިކާއާއި ޔަހޫދީ ޖެނޮސައިޑް ރެޖީމްއާ ހެދި ފުރަތަމަ ފަހަތަށް ތާރީޚުގައި ހުރުމުޒު ކަނޑު އޮޅީގައި އުޅަނދުތަކުން ފީއެއް ނެގުމަށް ޓޮލް ބޫތެއް ބަހައްޓަން ނިންމައިފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި، އީރާނުން ހުށަހަޅާފައި ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޓްރާންސިޓް ފީއެއް ނެގުމުގެ އިޚުތިޔާރު އީރާނާއި އޮމާނަށް ލިބިގެންވާނެ ކަމަށެވެ.
އެންމެ 34 ކިލޯމީޓަރު ފުޅާ މި ކަނޑުއޮޅިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހުރަސް ކުރެއެވެ. މިއަދާ ހަމައަށްވެސް މި ދެ ގައުމުން އެއްވެސް ފީއެއް ނަގާފައެއް ނުވެއެވެ.
އީރާނުގެ އޮފިޝަލުން އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ތެހެރާނުން ގަސްދުކުރަނީ އީރާނަށް ސޮލީބީ ސަހުޔޫނީ ޓެރަރިޒަމް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ގައުމު އާރާސްތު ކުރުމަށް މި ފައިސާ ބޭނުން ކުރާށެވެ. 40 ދުވަހުގެ ހަނގުރާމައިގައި ސޮލީބީ ޒަޔަނިސްޓޫން ވަނީ އީރާންގެ ދިފާއީ، ސަގާފީ އަދި ތާރީޚީ، އިދާރީ ތަންތަނާއި އަދި އާންމުންގެ ތަންތަނަށާއި ޤައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދީފައެވެ. މިއާ ޚިލާފަށް އީރާނުން ހަމަލަދީ ހަލާކުކޮށްފައި ވަނީ އަސްކަރީ ޖާސޫސީ މަރުކަޒުތަކެވެ.
ހުރުމުޒު ކަނޑު އޮޅިއަކީ ސޮލީބީ ސަހުޔޫނީ ހަމަލާތަކުގެ ކުރިން އާންމު ދަތުރުފަތުރަށް ހުޅުވިފައި އޮތް ކަނޑު އޮޅިއެކެވެ. ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން މި ކަނޑުއޮޅި އީރާނުން އޮތީ ތަޅުއަޅުވައި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، ވަކި ޝަރުތުތަކަކާއެކު މި ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ.
މި 10 ނުކުތާގެ ހުށަހެޅުމުގެ ކުރިން އީރާނުން ޕާކިސްތާން މެދުވެރިކޮށް ހުށަހެޅީ 3 ނުކުތާގެ ހުށަހެޅުމެކެވެ. އެއަށް އެމެރިކާއިން ނޫނެކޭ ބުނެ 12 ނުކުތާގެ ހުށަހެޅުމެއް ހުށަހެޅިއެވެ.
އީރާނުން ބުނީ އެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށެވެ.ނަމަވެސް އީރާނުން ހުށަހެޅި އައު 10 ނުކުތާާގެ ހުށަހެޅުމަށް އެމެރިކާއިން ވަނީ ބޯ ލަނބާލާފައެވެ.
އެމެރިކާއިން ބުނި އި އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމަކީ މި ދެ ހަފުތާގެ ތެރޭގައި މަޝްވަރާކުރުމަށް "އަމަލީ ގޮތުން ކުރިއަށް ގެންދެވިދާނެ އަސާސެއް" ކަމަށެވެ.
މި 10 ނުކުތާއަކީ އީރާނުން ފުރަތަމަ ހުށަހެޅި 3 ނުކުތާގެ ހުށަހެޅުމަށް ވުރެން ހަރުކަށި ހުށަހެޅުމެކެވެ.މިއާއެކު އީރާނުން ބޭނުންވާ ގޮތަށް ހުރުމުޒު ކަނޑުއޮޅިއަށް އީރާންގެ ސިޔާދަތު ކަށަވަރު ކުރެވިގެން ދާނެއެވެ.
އީރަންގެ ހުށަހެޅުމާއެކު، ރޮއިޓާސްއިން ނޫސް އެޖެންސީން ވަނީ ހުރުމުޒު ކަނޑުއޮޅިން ދާ އުޅަނދުތަކަށް ފީ ނަގާގެ ގޮތް ރިޕޯޓުކޮށްފައެވެ. އެގޮތުން އުޅަނދުގެ ބާވަތް އަދި އުޅަނދުން އުފުލާ މުދާއަދި އުޅަނދު އޮތް ހާލަތަށް ބަލައިގެން ފީ ކަނޑައަޅާނެއެވެ.
ދުނިޔޭ ކަނޑު ދަތުރުގެ އެންމެ މުހިންމު މަގުތައް ކޮންޓްރޯލު ކުރަނީ މުސްލިމު ގައުމުތަކުންނެވެ. އެއީ މަލަކާ ކަނޑުއޮޅިއާއި ސުއޭސް ކެނަލާއި ހުރުޒުއާއި ބާބުލްމަންދަބު އަދި ބޮސްފޮޜް ކަނޑުއޮޅިއާއި ޑަރްޑެނިލް ކަނޑުއޮޅިއެވެ. މިތަންތާނގެ ތެރޭން ސުއޭސްއާއި ބޮސްފޯރް ފިޔަވައި އެހެން ތަނބްތަނުން ފީއެއް ނުނަގައެވެ. އެއީ އިސްތިއުމާރީ ޒަމާނުގައި އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން ކަނޑައަޅާފައިވާ އުސޫލުތަކެވެ.
ސުއޭސް ކެނަލުން ފީ ނަގަނީ 1956ގައި ޖަމާލު އަބްދުއްނާސިރު އިނގިރޭސިންގެ ބާރުޔގެ ދަށުން ސުއޭސް މިސްރު ސަރުކާރަށް ނަގައި އެކަން އިއުލާން ކޮށް 3 ގައުމުން ކުރި ހަނގުރާމައަށް ދީލައި ނުލައި ފީނެގުމަށް ސާބިތުވެ ހުރުމުންނެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވީ ހުރުމުޒުން ފީނެގުމާ ގުޅޭ ގޮތުން އޮމާނާއެކު ޚާއްސަ ޕްރޮޓޮކޯލެއް އެކުލަވާލަމުންދާ ކަމަށާއި، މި ފީގެ ބޭނުމަކީ ދަތުރުފަތުރަށް ހުރަސް އެޅުން ނޫން ކަމަށާއި، އެއީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދިނުން ކަމަށެވެ.
ހުރުމުޒު ކަނޑު އޮޅިން ފީއެއް ނަގާނަމަ ފާރިސީ ކަނޑުއޮޅީގައި އުޅޭ އަރަބި ގައުމުތަކުން މޭ ކަރާނެކަން ކަށަވަރެވެ.
ސަހުޔޫނީ ޓެރަރިސްޓް ޖެނޮސައިޑް ރެޖީމަށް އަތް ގާތްކޮށްދޭ ޔޫއޭއީ އާއި ގަތަރުން އީރާންގެ މި ނިންމުމާ ދެކޮޅު ހަދައެވެ.
އެ ގައުމުތަކުން ބާރުއަޅަނީ މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ހަމަޖެހިފައި އޮތުމަށާއި، މާލީ ކަންކަމާ މެދު ފަހުން މަޝްވަރާކުރުމަށެވެ.
އެމެރިކާ ބައިވެރި ނުވާ ކަނޑުތަކާ ބެހޭ އދގެ މުއާހަދާ ބުނާ ގޮތުން ކަނޑު ހުރަސްކޮށް ދަތުރުކުރާތީ އެއްވެސް ގައުމަކަށް ފީއެއް ނުނެގޭނެއެވެ. ނަމަވެސް، އެ ކަނޑު ހުރަސް ކުރުމުގެ ތެރޭގައި ޕައިލެޓް ބޯޓެއް ބޭނުން ކުރުން ނުވަތަ ޓަގް ބޯޓުގެ ޚިދުމަތް ހޯދުން ފަދަ ކަންކަން ކުރުމުން ކުޑަ ފީއެއް ނެގިދާނެއެވެ.
ހުރުމުޒުގެ މުސްތަގުބަލާއި ދާއިމީ ސުލްހައިގެ އިންތިޒާމުތަކާ ބެހޭ އިތުރު މަޝްވަރާތައް މި ހަފުތާގެ ފަހުކޮޅު އިސްލާމްއާބާދުގައި ކުރިއަށް ދާނެއެވެ.
އަދި މިކަމުގައި ސާފު ނުވާާ ކަމަކީ ހުކުރު ދުވަހުގެ މަޝްވަރާތަކުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމް ބައިވެރިވާނެ ގޮތާ ބެހޭ ގޮތުންނެވެ.
ޓްރަމްޕްގެ ހަމަލަތައް ހުއްޓާލާ ޕޯސްޓްގައި އޭނާ ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމްއާއި އެމެރިކާއިން ބަލަހައްޓާ އަރަބިންގެ ނަމުގައި ވާހަކަ ދައްކާފައެވެ. އެހެންވެ، ބެލެވެނީ އެމެރިކާ މި އެންމެން ތަމްސީލު ކުރާނެ ކަމަށެވެ.




