ޓްރަމްޕަކީ ހަނގުރާމައިގެ ޖަރީމާތަކަށް ފާޅުގައި ހިތްވަރު ދިން ފަރާތެއެވެ. އަދި އެކަމުގެ ހެކި އޭނާގެ މީސްމީޑިއާ ޕޯސްޓްތަކުގައި ފެންނާން އެބަހުއްޓޠެވެ. ނަމަވެސް ޓްރަމްޕް ޝަރީއަތަކަށް ހުށަހެޅޭނެ ކަމަށް ނުބެލެވެއެވެ.
މިހިނގާ 2026 ގެ ފަހުން އެމެރިކާގައި ވެރިކަން ކުރާނީ ޓްރަމްޕެއް ނޫނެވެ. އެހެންވެ، މަރުވެފައިވާ މީހެއްގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކުގައި ދައުވާއެއް ނުކުރެވޭނެ އެވެ. ސަބަބަކީ ޖިނާއީ ޝަރީއަތްތަކުގައި ދިރިހުރި މީހަކަށް ދައުވާ ލިބެން ޖެހެއެވެ. ނަމަވެސް މީހާ މަރުވި ނަމަވެސް އޭނާ ހިންގާފައިވާ ޖަރީމާތައް މުއައްސަސާތަކުން ތަހުގީގުކޮށް، ގަވާއިދާ ޚިލާފަށް ހިންގި ޖަރީމާތައް ޑޮކިއުމެންޓްކޮށް ލިޔެކިޔުމާއި، ހޯދުންތައް ޝާއިއުކޮށް، ތާރީޚީ ގޮތުން އެމީހާ އެކަންކަމަށް ޒިންމާވާ މިންވަރު ޑޮކިއުމެންޓްކޮށް ތާރީޚަށްޓަކައި ހާމަ ކުރާނެއެވެ.
މަރުވެފައިވާ މީހުންގެ ހަނގުރާމައިގެ ޖަރީމާތައް ނުކުރެވުނު އެއް މިސާލަކީ ބޮސްނިއާގެ ސްރެބްރިޓްޒާގެ ހަނގުރާމައިގެ ޖަރީމާތަކުގެ ޝަރީއަތަށް ހުށަހެޅުނު ސާބިއާގެ ރައީސް ސްލޮބޮޑަން މިލޮޝެވިޗެވެ. އޭނާ މަރުވުމުން އޭނާގެ ޝަރީއަތް ނިމުނެވެ. އަދި ނޮރެމްބާގްގެ ޝަރީއަތުގެ ކުރިން މަރުވި ނާޒީ އޮފިޝަލުންގެ ޝަރީއަތެއްވެސް ނުކުރެވުނެވެ. ހަމައެފަދައިން ޔަހޫދީ ޖެނޮސައިޑް މޭސްތިރިއަށް އޮންނާނެ ހުކުމަކީވެސް މިއެވެ. އޭނާގެ އަޖަލު ހަމަވާނެތީ އޭނާގެ ޝަރީއަތްވެސް ކުރިއަކަށް ނުދާނެއެވެ.
ޓްރަމްޕް ދިރިހުރިހައި ހިނދަކު މިއަހަރުގެ ތެރޭގައި ލިޔެކިޔުންތައް ފުރިހަމަ ކުރެވިއްޖެނަމަ އޭނާގެ މައްޗަށް ހަނގުރާމައިގެ ޖަރީމާގެ ދައުވާތައް ކުރެވިދާނެއެވެ.
ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަށް އަމުރުކުރުމާއި އެފަދަ ހަމަލާތަކުގެ އިންޒާރު ދިނުމާ ގުޅިގެން، ޓްރަމްޕްގެ މައްޗަށް ހަނގުރާމައިގެ ކުށުގެ ދައުވާ ކުރެވިދާނެއެވެ. ޓްރަމްޕް ވަނީ ތަޖުރިބާކާރުންގެ މިފަދަ ފާޑުކިޔުންތަކަށް އިންކާރު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އަސްލު ކުށްވެރިންނަކީ އީރާނުގެ ވެރިން ކަމަށެވެ. އަދި "ޔުނިވަރސިޓީތަކާއި ދަތުރުފަތުރުގެ ނިޒާމުތައް" ފަދަ މަދަނީ ތަންތަނަށް ގަސްދުގައި އަމާޒުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށަކަށް ވެދާނެކަމަށް ބުނާ ވާހަކަ އަޑު އަހަން ޓްރަމްޕް ބޭނުމެއް ނުވެއެވެ.
ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް އިންޒާރުތައް ވަރަށް ބޮޑަށް އިތުރުކުރައްވައި، "މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ، އަދި ދުވަހަކުވެސް އަނބުރާ ނާންނާނެ،" ކަމަށް ބޮޑު ބަސް ވިދާޅުވެފައެވެ. އެމެރިކާގެ ސިފައިން ވަނީ ސްކޫލްތަކާއި، ފާލަންތަކާއި، އަދި 100 އަހަރުވީ ޕާސްޓަރ އިންސްޓިއުޓާއި ޝަރީފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ފަދަ މުހިންމު ތަންތަނަށް ހަމަލާދީފައެވެ. މިއާއެކު، މި ހަރަކާތްތައް ގާނޫނާ ހިލާފު ދާއިރާއަކަށް ވަދެފައިވާ ކަމަށް މާހިރުން ބުނެއެވެ.
ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވެނީ ކޮން ކަންތައްތަކެއް؟
ޖެނީވާ ކޮންވެންޝަންތަކާއި ރޯމް ސްޓެޓިއުޓްގެ ދަށުން، މަދަނީ ތަންތަނަކީ އަސްކަރީ ބޭނުމަކަށް ބޭނުންކުރާ ތަންތަން ކަމުގައި ނުވާނަމަ، އެ ތަންތަނަށް ހަނގުރާމައިގައި ހިމާޔަތް ލިބިގެންވެއެވެ.
1. އެމެރިކާއިން ބޮން އެޅި ސްކޫލުތަކާިއ ފާލަންތަކާއި ޔުނިވާސިޓީތަކާއި ރިސާޗް މަރުކަޒުތަކަކީ އަސްކަރީ ބޭނުމަކަށް ބޭނުންކުރަމުންދިޔަ ތަންތަން ހެއްޔެވެ؟
2. މަދަނީންނަށް ލިބުނު ގެއްލުން، އަސްކަރީ ގޮތުން ލިބުނު ކުރިއެރުމަށްވުރެ ނިސްބަތުން ބޮޑު ހެއްޔެވެ؟
މީގެ ޖަވާބަކީ އާނ އެކޭކަމުގައި ވާނަމަ، "ގަސްދުގައި އެފަދަ ތަނަކަށް އަމާޒުކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެއެވެ."
- ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ފާހަގަކުރެވޭ މިސާލުތައް:
– މިނާބްގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި 165 އާއި 180 އާ ދެމެދުގެ އަދަދަކަށް ކުދިން މަރުވުން.
– އީރާނުގެ އެމް.އައި.ޓީ ގެ ގޮތުގައި ސިފަކުރެވޭ ޝަރީފް ޔުނިވަރސިޓީއަށް ބޮން އެޅުން.
– ސާފު އަސްކަރީ ބޭނުމެއް ނެތް ފާލަންތަކާއި އާންމު އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތައް.
ޓްރަމްޕްގެ މައްޗަށް ދައުވާ ކުރެވިދާނެ ހެއްޔެވެ؟
ގާނޫނީ ނަޒަރަކުން ބަލާއިރު ޓްރަމްޕަކީ ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ބެލެވޭ މީހެކެވެ. ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން މީގެ ކުރިންވެސް މިލޮސެވިޗް އަދި ލައިބީރިއާގެ ޗާލްސް ޓޭލާ ފަދަ ލީޑަރުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ.
އެމެރިކާގެ 100 އަށްވުރެ ގިނަ ގާނޫނީ މާހިރުން ވަނީ ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން "ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ" ކަމަށް އިންޒާރު ދީފައެވެ.
އެމެރިކާއަކީ އެންމެ ގިނައިން ހަނގުރާމައިގެ ޖަރީމާތައް އިންސާނީ ތާރީޚުގައި ހިންގާފައިވާ ގައުމެވެ. އެހެންވެ، އެމެރިކާއިން އެގައުމުގެ ރައްޔިތުންގެ މައްޗަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ބާރު ހިނގާފާނެތީ އެކޯޓުގެ އިހުތިސާސް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، މަގާމުގައި ހުންނެވި ނުވަތަ އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް ދައުވާ ކުރުމަކީ ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ދަތި ކަމެކެވެ.
ނަމަވެސް އެމެރިކާގައި ޓްރަމްޕަށް ދައުވާ ކުރެވިދާނެއެވެ.
އެމެރިކާގެ 'ވޯ ކްރައިމްސް އެކްޓް' ގެ ދަށުން، މީހަކު މަރުވާ ފަދަ ކުށްތަކަށް ދައުވާ ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ. މާހިރަކު އެމެރިކާގެ އެންޕީއާރް ރޭޑީއޯއަށް މައުލޫމާތު ދެއްވި ގޮތުގައި، "ދެން އަންނަ ސަރުކާރެއްގައި ނުވަތަ މުސްތަގުބަލުގެ ކޮންމެވެސް ވަގުތެއްގައި" މުޖުރިމު ޓްރަމްޕް ޒިންމާދާރު ކުރުވުމަކީ އަދިވެސް އެކަށީގެންވާ ކަމެކެވެ.




