އެމެރިކާގެ ޓެރަރިޒަމާ ހެދި "ދުނިޔެ ނިމޭނެ ކަމަށް ލަފާ ކުރާ ގަޑި" އަވަސްކޮށްފި

ޖެނުއަރީ 2026 ގައި، "ދުނިޔެ ނިމޭނެ ކަމަށް ލަފާ ކުރާ ގަޑި" (ޑޫމްސްޑޭ ކްލޮކް) ދަންވަރު 12 ޖަހަން 85 ސިކުންތަށް އަވަސް ކޮށްފައިވެއެވެ. މިއީ 1947 ވަނަ އަހަރު މިމަޖާޒީ ގަޑި އުފެއްދި ފަހުން، ހަނގުރާމަތައް އިތުރުވެ އެމެރިކާގެ ރައީސް ފަދަ މޮޔައިންގެ އަތަށް ނިއުކްލިއާ ނިޒާމުތައް އެރުމުން ދުނިޔެއާއި އިންސާނިއްޔަތަށް އޮތް ނުރައްކާ ބޮޑުވުމުގެ ސަބަބުން، ދުނިޔެ ނިމުމާ އެންމެ ގާތްވި ވަގުތެވެ.

ފިނި ހަނގުރާމަ ނިމުމާއެކު 1991 ވަނަ އަހަރު މި ގަޑީގެ ކަށިތައް 17 މިނެޓަށް ދުރަށް ޖެއްސިއެވެ. ނަމަވެސް، ޔޫރަޕާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަހަކަށް އައިސް މި ވަގުތު ވަނީ ސިކުންތުތަކަކަށް ކައިރިވެފައެވެ.

ނިއުކްލިއާ ނުރައްކަލަކީ ހަމައެކަނި ބޮންތަކަކުން އޮތް ނުރައްކަލެއް ނޫނެވެ.

އޭގެ ބަދަލުގައި ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތައްވެސް މި ނުރައްކާ ތެރޭގައި ހިމެނެއެވެ.

މިއީ 1980 ގެ އަހަރުތަކުން ފެށިގެން ބެނެޓް ރަމްބާގް ފަދަ މާހިރުން އިންޒާރު ދެމުންދާ ކަމެކެވެ.

އެބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ރިއެކްޓަރުތަކަށް ބޮން އެޅުމަކީ އެޓަމް ބޮމެއްގެ އަސަރާ އެއްވަރުގެ ފުޅާ ދާއިރާއެއްގައި ރޭޑިއޭޝަން ފެތުރި ތަޣައްޔަރުވުމަށް މެދުވެރިވާނެ ކަމެކެވެ. ލިޔުންތެރިޔާ ސްވެޓްލާނާ އެލެކްސީވިޗް، ޗަރްނޯބީލް ކާރިސާ ސިފަކުރައްވަނީ "ދުނިޔޭގެ ނިމުމުގެ ރިހާސަލް" އެއްގެ ގޮތުގައެވެ.

ޒަމާނީ ހަނގުރާމަތަކުގައި، ޔޫކްރެއިން އަދި އީރާނުގައި ފެންނަން އޮތް ފަދައިން، ނިއުކްލިއާ ރިއެކްޓަރުތައް ވަނީ އަސްކަރީ އަމާޒުފަތްތަކަކަށް ބަދަލުވެފައެވެ.

އީރާނުގެ ބޫޝެހްރު ޕްލާންޓާއި ޔޫކްރެއިންގެ ޒަޕޮރީޜިއާ ޕްލާންޓަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ސަބަބުން ބިރުވެރި ކާރިސާތަކެއް ތަކުރާރުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މާހިރުން އިންޒާރު ދޭ ގޮތުގައި މިފަދަ ތަންތަނަށް ހަމަލާދިނުމުން ބޮޑެތި ސަރަހައްދުތައް އިންސާނުންނަށް ދިރިނޫޅެވޭ ފަދަ "ޖިންނި ސިޓީތަކަކަށް" ބަދަލުވެގެންދާނެ ކަމެކެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުން ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން މަނާކުރެއެވެ. ނަމަވެސް، ޖެނީވާ ޕްރޮޓޮކޯލްގައި ހުރި ބައެއް ހުސްކަމުގެ ސަބަބުން، ހަނގުރާމަ ނިންމުމަށް އޮތް "ހަމައެކަނި މަގަކީ" އެއީ ކަމަށް ބެލެވޭ ހާލަތްތަކުގައި އެފަދަ ހަމަލާތަކަށް ފުރުސަތު ލިބެއެވެ.

ހިއްސާ ކުރައްވާ!