އިސްލާމްއާބާދުގެ މަޝްވަރާތައް ފޭލި ކުރުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

އިސްލާމްއާބާދުގެ މަޝްވަރާތައް ފޭލިކޮށްލުމަށްޓަކައި ޓްރަމްޕް އިސްލާމްއާބާދަށް ފޮނުވަނީ މީގެ ކުރީގެ މަޝްވަރާތައް އޭނާގެ އޯޑަރަށް ފޭލި ކޮށްލަދިން ދެމީހުންނެވެ. އެކަކަކީ އޭއނާގެ ނާލާއިގް ދނަބި ދަރި އެވެ. އަނެކަކީ ނިއުޔޯކުގެ ބިމުގެ ވިޔާފާރީގައި އުޅޭ ޔަހޫދީ ސްޓީފް ވިޓްކޯފް އެވެ. މި ދެމީހުން އީރާނާއެކު މީގެ ކުރިންވެސް މަޝްްވަރާތަކުގައި އުޅުނެވެ. އީރާނުން ދެކެނީ މިމީހުންނަކީ ކުޅޭކުޅޭ ބަޔެއް ކަމަށެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި ނައިބު ރައީސް ޖޭ.ޑީ. ވެންސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

ޔަހޫދީން ކޮންޓްރޯލު ކުރާ "ނިއުޔޯކް ޕޯސްޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ:
"އަޅުގަނޑުމެންގެ ފަރާތުން ތިއްބަވާނީ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ. ފަހަރެއްގައި ޖޭ.ޑީ. ވެސް ހިމެނިދާނެ، އަދި ޔަގީނެއް ނޫން. އެއީ ސަލާމަތީ ކަމެއް."

އެމެރިކާގެ ރައީސް ބާރުއަޅުއްވައި ވިދާޅުވީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް "ވަރަށް އަވަހަށް" ޕާކިސްތާނުގައި ބޭއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާ!