އިސްރާއީލު އެތެރެއިން ރޫޅެމުންދަނީ: ނަފްތާލީ ބެނެޓް

ޒަޔަނިސްޓް ރެޖީމްގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، މިހާރު ކުރިއަށްދާ ހަނގުރާމައާއި އިސްރާއީލުގެ ދާޚިލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ބެނެޓް ބުނި ގޮތުގައި އިސްރާއީލު މިހާރު އޮތީ އެތެރެއިން ރޫޅި، ހަލާކުވުމުގެ މަގުމަތީގައެވެ.

ބެނެޓް ފާހަގަކުރި ގޮތުގައި، ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގެ މަގްސަދުތައް މިހާތަނަށް ހާސިލްކުރެވިފައެއް ނުވެއެވެ. އަދި އީރާނާއެކު ކުރާ ހަނގުރާމައިގެ ކަންކަން ކުރިއަށްދާ ގޮތުންނާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިސްރާއީލުގެ ދައުލަތް ބަލިކަށިވަމުންދާ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

"ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލެއް ނުކުރެވުނު. މިހާރުގެ ސަރުކާރުން ދަނީ އިސްރާއީލު އެތެރެއިން ރޫޅާލަމުން،" ކުރީގެ ބޮޑުވަޒީރު ބުންޏެވެ. އޭނާ އިތުރަށް ބުނީ ނަތަންޔާހޫ ރެޖީމްގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ގެއްލި، ނުރައްކާތެރި ހާލަތަކަށް ގައުމު ގޮސްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!