މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ފުން ހިތާމައެއް: ރައީސް

ގެއްލިފައިވާ ފަތުރުވެރިން ހޯދުމަށް ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ހާދިސާގައި ނިޔާވީ މއ. ޖަމްބުގަސްދޮށުގެ، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް މުޙައްމަދު މަހުދީ (43އ) އެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މަހުދީ ނިޔާވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހުދީ ދިވެހި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 19 … Continue reading މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ފުން ހިތާމައެއް: ރައީސް