ޗައިނާގެ މަގުބޫލުކަން އިތުރުވެ، އެމެރިކާއަށްވުރެ ދުނިޔޭގެ މީހުން ކުރިމަތީ މަގްބޫލުކަން ހޯދައިފި

އަލަށް ކުރެވުނު ބައިނަލްއަގްވާމީ ފުޅާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ އަގު ވެއްޓިގެން ގޮސް، ޗައިނާގެ ތަސައްވުރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. 36 ގައުމެއް ހިމަނައިގެން "ޕިއު ރިސާޗް ސެންޓަރު"ން ކުރި މި ދިރާސާއިން ދައްކަނީ، ބައިނަލްއަގްވާމީ ކަންކަން މެނޭޖްކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ދުނިޔޭގެ ގިނަ ބަޔަކު އިތުބާރު ކުރާ ކަމަށެވެ. އަދި ޝީ މާ ހަރުދަނާ ކަމަށެވެ.

ދިރާސާގެ މައިގަނޑު ހޯދުންތައް:

  • އާންމު ހިޔާލު: ކުރިން އެމެރިކާއަށް އޮތް ބޮޑު ތާއީދު ކުޑަވެ، އަގުވެއްޓި ގިނަ ގައުމުތަކެއްގައި މިހާރު ޗައިނާގެ ތަސައްވުރު އެމެރިކާއަށްވުރެ ރަނގަޅެވެ.
  • ޓްރަމްޕް އާއި ޝީ: ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނުއިރު، އޭނާއަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަންހެނުން ރޭޕް ކުރުމުގެ މައްސަލަތަކެއް މީޑިއާއިން ޓްރަމްޕާ ދެކޮޅަށް ރިޕޯޓ ްކޮށްފައިވާ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ގިނަ ގައުމުތަކުގައި ރައީސް ޝީ އަށް އޮތް އިތުބާރު ޓްރަމްޕަށްވުރެ މައްޗެވެ.
  • ގައުމުތަކުގެ ތަފާތު: އެމެރިކާގެ އަވަށްޓެރިން ކަމަށްވާ ކެނެޑާ އާއި މެކްސިކޯގައި ވެސް މިހާރު ޗައިނާގެ ތަސައްވުރު ރަނގަޅުވަމުންދާކަން ފާހަގަކުރެވެއެވެ. އެމެރިކާ އަދިވެސް ކުރީގައި އޮތީ ހަމައެކަނި އިންޑިއާ، ޖަޕާން، ފިލިޕީންސް އަދި ދެކުނު ކޮރެއާ ފަދަ މަދު ގައުމުތަކެއްގައެވެ.

އިންސާނީ ހައްގުތަކާއި މިނިވަންކަން

ދިރާސާއިން ދައްކާ ގޮތުގައި، ސަރުކާރަކުން ރައްޔިތުންގެ ޒާތީ މިނިވަންކަމަށް އިހުތިރާމްކުރާ ކަމަށް ގަބޫލުކުރާ މިންވަރުގައި އަދިވެސް އެމެރިކާ ކުރީގައި އޮތް ނަމަވެސް، މި ފަރަގު އަންނަނީ ވަރަށް ބޮޑަށް ކުޑަވަމުންނެވެ. އެމެރިކާގެ މިނިވަންކަމުގެ އިތުބާރު ޔޫރަޕްގެ ގައުމުތަކުގައި ވަނީ ބޮޑުތަނުން ދަށްވެފައެވެ.

ދިރާސާގައި ބައިވެރިވި މެދުފަންތީގެ އާމްދަނީ ލިބޭ 17 ގައުމަކުން ފާހަގަކުރި ގޮތުގައި:

  1. އިންޓަވެންޝަން: އެމެރިކާ އިން އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަ މިންވަރު (75%) ޗައިނާއަށްވުރެ (45%) މާ ބޮޑެވެ.

  2. އިތުބާރު: ދުނިޔޭގެ އަމާންކަމާއި ހަމަޖެހުމަށް ޗައިނާއިން ބޮޑު ހިއްސާއެއްވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ރިޕޯޓުން ދައްކަނީ އެމެރިކާގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ސަބަބުން ބައިނަލްއަގްވާމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ޗައިނާއަށް ދުނިޔޭގެ ސިޔާސީ މަސްރަހުން ޖާގަ ބޮޑުވަމުން އަންނަ ކަމެވެ.

ހިއްސާ ކުރައްވާ!