ތިމާވެށްޓާ ރައްޓެހި ފުރަތަމަ ފެހި މިސްކިތް

ދުނިޔޭގެ ފުރަތަމަ ތިމާވެށްޓާ ރައްޓެހި ގްރީން މިސްކިތް ބިނާ ކޮށްފައި ވަނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ޓައުން އެއްގައެވެ. އަމިއްލަ މީހެއްގެ ވަގްފު ބިމެއްގައި ބިނާ ކޮށްފައިވާ މި މިސްކިތަކީ ޒީރޯ އެނަރޖީ އަދި ތިމާވެށްޓާ ރަށްޓެހި ޓްކްނޮލޮޖީ ބޭނުން ކޮށްގެން އަބަދުވެސް ސާފު ވަޔާއި އިރުގެ އަލި ލިބޭ ގޮތަށް އިމާރާތް ކޮށްފައިވާ މިސްކިތެކެވެ.

ބަދްރިއްޔާ ޖުމްޢާ މަސްޖިދު ބިނާ ކޮށްފައިވަނީ ކޯޑީ ޓައުންގައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ބީރީ ގްރޫޕުންނެވެ.

މި މިސްކިތަށް ވަނީ އިންޑިއަން ގްރީން ބިލްޑިންގ ކަައުންސިލުން ޕްލެޓިނަމް އެވާރޑެއްވެސް ލިބިފައެވެ.

ސައްޔިދު މުޙައްމަދު ބީރީ ބުނާ ގޮތުން އޭނާގެ އާއިލާއިން މި މިސްކިތް ބިނާ ކޮށްފައިވަނީ މީގެ 90 އަހަރު ކުރިންނެވެ. ފަހުން، ޒާމާނީ ޑިޒައިނަށް ފަނަރަ ހާސް އަކަފޫޓްގެ އޭރިއާއެއްގައި ދެ ކްރޯޑް އިންޑިއަން ރުޕީސް އަށް އޭނާގެ ކުންފުނިން ޒާމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން މިމިސްކިތް ބިނާ ކުރީއެވެ.

މިއީ ހުރިހައި ދީންތައް ބައިވެރިވެގެން އެއްވެ އުޅެވޭ ގޮތަށް އިޖުތިމާއި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއްވެސް މެއެވެ. މިތާގެ މަތީގައި ކުޑަކުދިންނަށް ޚާއސަ ބައްދަލުވުންތައް ބާއްވައިވެސް ހަދައެވެ.

އައު މިސްކިތް އިމާރާތް ކުރި އިރު އެއްވެސް ގަހެއް ކަނޑާފައެއް ނުވެއެވެ. މިސްކިތުގައި ތިބޭ އިރު އަބަދުވެސް ވަޔާއި ގުދުރަތީ އަލި ލިބޭނެއެވެ. ވަށައިގެން ގަސްތައް އިންދައި ފެހިކޮށްފައި ވެއެވެ. ވުޟޫ ކުރުމަށް ބަހައްޓާފައިވާ އިސްކުރުތަކަކީ އިސްރާފްވިޔަ ނުދިނުމަށްޓަކައި ފިއްތައިގެން ފެން ލިބޭ ޕްރެޝަރމެޓިކް، އިސްކުރުތަކެވެ. ކަރަންޓްވެސް ބޭނުން ކުރަނީ ސޯލާއާއި ވައިން އުފައްދާ ކަރަންޓެވެ.

އިމާރާތުގެ މަތީގައި ހޫނުން ސަލާމަތް ކުރުމަށް ޚާއްސަ މުށްޓެއް ޖަހާފައި ވެއެވެ. ކުލަތައް ބޭނުން ކުރުމުގައިވެސް ފަރުވާތެރިވެފައި ވެއެވެ. މިސްކިތުގެފިލާތަކުގެ ލިޔުންތައްވެސް ކަނޑަނަގާފައިވަނީ ހުދު ކުލައިން ހުދު ބޯޑްގައެވެ.

 

ހިއްސާ ކުރައްވާ!