ދުނިޔޭގެ ދެވަނައެއް ނެތް ހަމައެކަނި ޕޫލް

މަގުމަތިން ހިނގާފައި ދާއިރު، ބޯ މަތިން ފެންނަ، ލަންޑަންގެ އާދަޔާ ޚިލާފް ސްކައި ޕޫލް އިން މީހާ ހައިރާން ކޮށްލާނެއެވެ. 115 ފޫޓު އުހުގައި ހުރިހައި ފަރާތަކުން ފެންނަ ގޮތަށް ދެ އިމާރާތް ދޭތެރޭ ބާއްވާފައިވާ މި ޕޫލަކީ ދުނިޔޭގެ މިވަރުގެ ދެވަނައެއް ނެތް ފަދަ ޕޫލެކެވެ.

82 ފޫޓްގެ މި ޕޫލް ބަހައްޓާފައި ވަނީ ދިހަ ވަނަ ފަންގިފިލާ ގުޅުވާފައެވެ. އެމްބަސީ ގަރޑަންގެ މި ޕޫލްގައި ފަތާއިރު ލަންޑަންގެ މަލަމަތި ރީއްޗަށް ހާމަވެގެން ދާނެއެވެ.

ދިހަ ފޫޓުޖގެ ފުން މި ޕޫލް ހަދާފައި ލަންޑަނަށް ގެނަސްފައި ވަނީ އެމެރިކާގެ ކޮލޮރާޑޯ ކުންފުންޏަކުންނެވެ. ފެން އަޅާފައި ހުންނަ އިރު މި ޕޫލްގައި 375 ޓަން ހުންނާނެއެވެ.

ހިއްސާ ކުރައްވާ!