އުތުރު އެމެރިކާގެ އެންމެ ބޮޑު ޕަސިންޖަރ ލައިނަރ ޓާމިނަލް ބިންގާ އަޅައިފި

އުތުރު އެމެރިކާގެ އެންމެ ބޮޑު ކްރޫޒް ޓާމިނަލް ބިނާ ކުރުމަށް ބިންގާ އަޅައިފިއެވެ. އެމެރިކާގެ މިއާމީގައި ބިނާ ކުރާ މި ޓާމިނަލަކީ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ)ގެ ޚަރަދުގައި އެކުންފުނިން މިނާ ކުރާ ޓާމިނަލްއެކެވެ.
ހަތަރު ބުރީގެ މި އިމާރާތަކީ ދުވާލަކު 36،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.
އެމްއެސްސީ ގްރޫޕުން މި ޓާމިނަލްގައި އެ ކުންފުނީގެ ޕަސިންޖާ ލައިނަރތަކުން ބޭނުން ކުރުމަށް ދެ ޑޮކް ހަދާނެ އެވެ. އަދި ތިންވަނަ ޑޮލް ހަދާނީ މިޔާމީގެ ސަރުކާރުންނެވެ. މި ޓާމިނަލްގައި 2400 އުޅަނދަށް ޕާކް ކުރެވޭ ގޮތަށްވެސް އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ.
ކުޒޫލައިނަރ ޓާމިނަލްގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާނީ އިޓަލީގެ ފާމް ފިންކަންޓަރައި އިންފްރާސްޓްރަކްޗާ އިންނެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ފްލޮރިޑާގެ އަރކުއިޓެކްޓޯނިކާއިންނެވެ.
350 މިލިއަން ޔޫރޯއަށް ބިނާ ކުރާ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭނީ 2023ގައެވެ. އާ ޓާމިނަލްގައި އެންމެ ބޮޑެތި އަދި ތިމާވެށީގެ ގޮތުން އެންމެ ބޮޑު އަދި އެންމެ ފެންވަރު މަތީ ޕަސިންޖަރ ލައިނަރތަކަށް ޚިދުމަތް ދެވޭނެ ކަމަށް ބުނެފައި ވެއެވެ.

 

 

ހިއްސާ ކުރައްވާ!