އަބޫދާބީގައި ނެޗުރަލް ހިސްޓްރީ މިއުޒިއަމެއް

އަބޫދާބީގައި ނެޗުރަލް ހިސްޓްރީ މިއުޒިއަމް ބިނާ ކުރުމުގެ ޕްލޭންތައް ތައާރަފުކޮށްފި އެވެ. 2025 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މި  މިއުޒިއަމްއަކީ 35،000 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާ ކުރާ ކެމްޕަސްއެކެވެ.

މި ކެމްޕަސް ބިނާކުރުމަށް ހަމަޖެހިފައިވަނީ ސާދިޔާތު ކަލްޗަރަލް ޑިސްޓްރިކްޓްގައި، ލުވްރު އަބޫދާބީއާއި ގުގެންހައިމް އަބޫދާބީ އަދި އެނޫންވެސް ފާހަގަކޮށްލެވޭ މިއުޒިއަމްތަކާ ގުޅޭ ގޮތަށެވެ.

އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ކަލްޗާ އެންޑް ޓޫރިޒަމް އިން ބުނި ގޮތުގައި އިންސާނީ ތާރީހުގެ އެންމެ ނާދިރު ބައެއް އަޖައިބުތައް މި މިއުޒިއަމުން ދައްކުވައިދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!