ކެންޔާގައި ނިއުކްލިއަރ ރިއެކްޓަރެއް ބިނާ ކުރަނީ

ކެންޔާއިން ނިއުކްލިއަރ ހަކަތަ އުފައްދާ ސްޓޭޝަނެއް ބިނާ ކުރުމަށް ނިންމައިފިއެވެ. ނިއުކްލިއަރ ޕަވަރ އެންޑް އެނަރޖީ އޭޖެންސީ (ނުޕޭ) އިން ވަނީ މި ރިއެކްޓަރ ބިނާ ކުރުމަށް، މޮމްބާސާގެ އުތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރު ދުރުގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކިލިފީ އާއި ބަނދަރުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ކްވާލޭ ހޮވާފައެވެ. މި ދެ ސައިޓުގައި ވެސް ބޮޑު ތަރައްގީއަކަށް އެކަށީގެންވާ ފެނާއި ޖާގަ ހުރިކަމަށް ބުނެއެވެ.

ކެންޔާންއިން ބޭނުން ވަނީ 2030ގެ ކުރިން ފުރަތަމަ ރިއެކްޓަރގެ މަސައްކަތް ފަށާށެވެ. ނަމަވެސް ނިއުކްލިއާ އިންޖިނިއަރިންއަކީ ކެންޔާގައި ލިބެން ހުރި ތަޖުރިބާއެއް ނޫން ކަމުން އެގައުމުން 95 ޕަސެންޓް މަސައްކަތަށް ބަރޯސާ ކުރާނީ ބޭރުގެ ފަރާތްތައް ކަމަށް ބެލެވެއެވެ.

މިވަގުތު އެފްރިކާގައި ނިއުކްލިއަރ އިން ހަކަތަ އުފައްދަނީ ދެކުނު އެފްރިކާގައި އެކަންޏެވެ. މިޞްރަކީ ދެވަނައަށް ނިއުކްލިއަރ ހަކަތަ އުފައްދަފާނެ ހީވާ ގައުމެވެ. ޔޫގެންޑާ، ނައިޖީރިއާ، އަލްޖީރިއާ، ގާނާ، ސޫދާން އަދި ޓިއުނީޝިއާއިން ވެސް ވަނީ ނިއުކްލިއަރ ޕްލާންޓްތައް ބިނާކުރުމަށް ތައްޔާރުވުމުގެ ދިގު މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ.

މިގައުމުތަކުގެ އަމާޒަކީ 2030 ގެ އަހަރުތަކުގައި މަދުވެގެން އެއް ރިއެކްޓަރު ބެހެއްޓުން ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް