ރަޝިޔާއާއި އިންޑިއާގެ ބަދަހި ގުޅުމަށް އެމެރިކާގެ ނުުރުހުން

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޑިއާ އާއި ރަޝިޔާއާ އޮންނަ ގުޅުމާ ގުޅިގެން އެމެރިކާއިން ކަންބޮޑުވާކަން ފާޅުކޮށް އެކަން ނިއުދިއްލީއަށް އަންގާފައެވެ.

އެމެރިކާއާއި ހުޅަނގުން އެކަހެރި ކުރުމަށް މަސައްކަތް ކުރަމުންދާ ޕޫޓިން ގެންދަވަނީ އޭނާގެ ބައިވެރިންނާ ގުޅުން ބަދަހި ކުރައްވަމުންނެވެ. މޮސްކޯގައި މޮދީއާއި ޕޫޓިން ބަގަލްގީރު ކުރެއްވި އިރު އޭގެ ދެ މަސް ދުވަސްކުރިން ބެއިޖިންގައި ޝީ ވެސް ވަނީ ޕޫޓިންއާ ބަގަލްގީރު  ކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ  މިދައުރުގައި ރަޝިޔާއަށް ފުރަތަމަ ބައިލެޓަރަލް ދަތުރުފުޅެއް ކުރެއްވުމުގައި މަންޒިލަކަށް ހެއްދެވީ އޭނާގެ 3 ވަނަ ދައުރުގެ އިންތިޚާބަށ ްފަހުއެވެ.

ޝީ ފަދައިން މޯދީގެ ވެސް ދެ ދުވަހުގެ ދަތުރުފުޅުގައި ޕޫޓިން ވަނީ މޮދީއަށް ރަޝިޔާގެ މުހިންމު ލަގަބެއްވެސް އަރުވާފައެވެ.

އިންޑިއާ އަކީ ޗައިނާއާ ނުލައި އެގައުމަށް ބޭނުންވާ ސާމާނާއި ތަކެތީގައި ސަޕްލައި ޗޭންތައް ޑައިވަރސިފައި ކުރުމަށް އަމާޒު ހިފާފައިވާ އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް މުހިންމު ސްޓްރެޓެޖިކް ޕާޓްނަރެކެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އިންޑިއާ އާއި ރަޝިޔާގެ ވިޔަފާރި ވަނީ ކުރިއަރާފައެވެ. ރަޝިޔާގެ ތެލުގެ ބޮޑު ބައެއް ގަންނަ ގައުމަކަށް އިންޑިއާ ވެފައިވާއިރު، ދެގައުމުގެ ގުޅުން ހަކަތައިގެ ދާއިރާގައި ފާހަގ ވެފައި ވެއެވެ.

އޭގެ އިތުރުން އިންޑިއާ ރަޝިޔާގެ ވިޔަފާރީގެ ހަމަހަމަކަން ގެއްލިފައި އޮތުން ހަމައަކަށް އެޅުއްވުމަށްވެސް މޮދީ މަސައްކަތް ކުރައްވައެވެ.

މިދިޔަ މާލީ އަހަރު ރަޝިޔާއިން އިންޑިއާ އަށް އަހަރަކު ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. އެއާ އަޅާބަލާއިރު ރަޝިޔާއިން އިންޑިއާއިން ގަތީ ފަސް ބިލިއަން ޑޮލަރަށް ވުރެ މަދު އަދެއްގެ މުދަލެވެ.

ނަމަވެސް ރަޝިޔާއިން ދަނީ އިންޑިއާއިން ތަފާތު ދާއިރާތަކުން މުދާ އެތެރެ ކުރަމުންނެވެ. ރަޝިޔާއިން އިންޑިއާގެ އުފެއްދުންތައް، ޚާއްސަކޮށް އިންޖިނިއަރިން އަދި އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް މިދިޔަ މާލީ އަހަރު 35 ޕަސެންޓު އިތުރަށް އިމްޕޯޓު ކޮށްފައި ވެއެވެ.

މޯދީ އާއި ޕޫޓިންގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަޓްރާ ވިދާޅުވީ މިދިޔަ އަހަރު ގާތްގަނޑަކަށް 65 ބިލިއަން ޑޮލަރުން 2030 ވަނަ އަހަރު 100 ބިލިއަން ޑޮލަރަށް ދެގައުމުގެ ވިޔަފާރި ކުރިއަރުވަން ދެ ގައުމުން ވައުދުވެފައިވާ ކަމަށެވެ.

ތެލުގެ އިތުރުން އިންޑިއާއިން ބަލަނީ ގަސްކާނާއަށް ބޭނުންވާ ބޭސް ރަޝިޔާއިން އެތެރެކުރުމަށެވެ. އަދި ރަޝިޔާއިން ބަލަނީ އިންޑިއާގެ ދަނޑުވެރިކަމާއި ސިނާއީ އުފެއްދުންތައް އިތުރަށް އެތެރެކުރުމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް