ރައީސް ޝީގެ ވެރިކަމުގެ 12 އަހަރު: ދުނިޔޭގެ ނަޒަރުން

އެމެރިކާގެ ޚިޔާލު ހޯދާ ކުންފުނި ޕިއުއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ ލީޑަރު ޝީ ޖިންޕިން އަކީ ދުނިޔޭގެ ފެންވަރުގައި އާންމުންގެ މެދުގައި އިތުބާރު ކުރެވޭ ޝަޚުސިއްޔަތެއް ނޫން ކަމަށެވެ.

ޕިއު ރިސާޗް ސެންޓަރުން އާންމުކޮށްފައިވާ ސާވޭއާ ހަވާލާދީ ބުނެފައި ވަނީ އެ ސާވޭގައި ބައިވެރިވާ 35 ގައުމުގެ ތެރެއިން އެވަރެޖުކޮށް 62 ޕަސެންޓް މީހުން ބުނީ ރައީސް ޝީއަކީ، ދުނިޔެއަށް ފައިދާ ހުރި ކަމެއް ކުރައްވަފާނެ ކަމަށް ބެލެވޭ ޝަޚުސިއްޔަތެއް ނޫން ކަމަށެވެ. ނަމަވެސް ޚިޔާލު ހޯދުމުގައި ބައިވެރިވި 24 އިންސައްތަ ބުނެފައި ވަނީ އޭނާއަށް އިތުބާރު އޮތް ކަމަށެވެ.’

ސާވޭގައި ބައިވެރިވި ސަރަހައްދުގެ އާމްދަނީ ބޮޑު ގައުމުތަކުގެ ތެރެއިން ސިންގަޕޫރަކީ ޝީއަށް އިތުބާރު އޮތް ކަމަށް ބުނި މުހިންމު ގައުމެކެވެ. ނަމަވެސް، ސިންގަޕޫރިގައިވެސް ޝީއަށް އޮތް އިތުބާރު މިދިޔަ އަހަރާ އަޅާބަލާއިރު 6 ޕަސެންޓް ދަށްވެފައިވެ އެވެ.

ޝީއަށް އިތުބާރު ނެތް އާބާދީއަށް ބަލާއިރު ދެކުނު ކޮރެއާ (83 ޕަސެންޓް)، އޮސްޓްރޭލިއާ (84 ޕަސެންޓް)، އަދި ޖަޕާން (90 ޕަސެންޓް) ގެ މީހުން ޚިޔާލު ހޯދުމުގައި ޝީއާ ދެކޮޅަށް ޚިޔާލު ފާޅުކޮށްފައި ވެއެވެ.

ފިލިޕީންސް ގައި (45 ޕަސެންޓް) ފިލިޕީންސް މީހުން ޝީއަށް އިތުބާރު ކުރއެވެ. ނަމަވެސް ގިނަ މީހުން ބުނެފައި ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިތުބާރެއް ނެތް ކަމަށެވެ.

އެފްރިކާގައި ޝީ އަށް ނިސްބަތުން އިތުބާރު ކުރާ މިންވަރު އިތުރު ވެފައި ވެއެވެ.

ޚިޔާލު ހޯދުމުގައި ބައިވެރިވި 35 ގައުމުގެ ތެރެއިން އެންމެ ބޮޑު އިތުބާރެއް އޮތްކަމަށް ބުނެ ޚިޔާލު ފާޅުކޮށްފައިވަނީ ކެންޔާގެ މީހުންގެ (64 ޕަސެންޓް) މީހުންނެވެ. ދެކުނު އެފްރިކާގައި 36 ޕަސެންޓް މީހުން ކޮންމެވެސް ވަރަކަށް އޭނާއަށް އިތުބާރު ކުރާއިރު 30 ޕަސެންޓް މީހުން ޝީއާ މެދު އިތުބާރު ނުކުރެ އެވެ.

ސާވޭގައި ބައިވެރިވި ލެޓިން އެމެރިކާގެ ގައުމުތަކުގައި ޕެރޫގެ މީހުން (31 ޕަސެންޓް) އިތުބާރު ކުރެއެވެ. އަދި ބްރެޒިލް މީހުންގެ (15 ޕަސެންޓް) ޝީއަށް އިތުބާރު ކުރާ ކަމަށް ބުނެއެވެ.

މި ސާވޭގެ ސުވާލުތަކުން ދައްކުވައިދެނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ވަޑައިގެންނެވިތާ 12 އަހަރު ފުރުމުގެ މުނާސަބަތާ ގާތްވަމުން އަންނަ ޗައިނާއާއި އެގައުމުގެ ލީޑަރާ މެދު ބައިނަލްއަގްވާމީ ގޮތުން ދެކޭ ގޮތެވެ.

އެމެރިކާގައި ޝީއަށް އިތުބާރު އޮތީ އެންމެ 9 ޕަސެންޓް މީހުންގެ މެދުގައެވެ. އަނެއް 79 ޕަސެންޓް މީހުން އޭނާއާ މެދު އިތުބާރު ކުޑަ ނުވަތަ ނެތް ކަމަށް ބުނެފައިވާއިރު 12 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުންނަށް މި ސުއާލުތަކަށް ޖަވާނު ދޭން ނޭނގޭ ނުވަތަ ޖަވާބު ދިނުމަށް ދެކޮޅު ހަދާ ކަމަށެވެ.

ކެނެޑާގައި 16 ޕަސެންޓް މީހުން ޝީއަށް އިތުބާރު އޮތް ކަމަށް ބުނާއިރު  74 ޕަސެންޓް މީހުން ވަނީ އިތުބާރު ނެތް ކަމަށް ބުނެފަ އެވެ.

ޔޫރަޕްގައި ޝީގެ ލީޑަޝިޕަށް އިތުބާރު ކުރާ ދަށްވެފައި ތަފާތު ކަމަށް ދައްކައެވެ. ޗައިނާގެ ލީޑަރަށް އެންމެ އިތުބާރު ބޮޑު ޔޫރަޕްގެ ގައުމަކީ ގްރީސްއެވެ. އެގައުމުގެ 41 ޕަސެންޓް ރައްޔިތުންގެ އިތުބާރު އޭނާއަށް ލިބިފައިވެއެވެ. އަދި އިތުބާރު ނުކުރާ ކަމަށް 59 ޕަސެންޓް މީހުން ބުނެއެވެ. މީގެ އިތުރުން ހަންގޭރީއާއި އިޓަލީގެ 24 ޕަސެންޓް މީހުން ކޮންމެވެސް ވަރަކަށް އޭނާއަށް އިތުބާރު ކުރާކަމަށް ބުނެއެވެ.

މިއީ ޚިޔާލު ހޯދުމުގައި ހިމެނޭ ޔޫރަޕްގެ 10 ގައުމުން ފެނުނު ނިސްބަތުން ބޮޑު އިތުބާރެކެވެ.

އަނެއްކޮޅުގައި ސްވިޑެން އާއި ޕޮލެންޑް ހިމެނޭއިރު އެގައުމުތަކުގައި ޝީއަށް އިތުބާރު ކުރަނީ އެންމެ 9 އިންސައްތަ މީހުންނެވެ.

ތުރުކީ އާއި އިސްރާއީލުގައި ވެސް މަގުބޫލުކަން ކުޑަކަން ފާހަގަ ވެއެވެ.  ތުރުކީއާއި އިޒްރޭލްގައި އިތުބާރު ކުރާ މިންވަރު 15 ޕަސެންޓާއި 13 ޕަސެންޓުގައި ހުރި ނަމަވެސް ޓިއުނީޝިއާގެ 52 ޕަސެންޓް މީހުންގެ އިތުބާރު ޝީއަށް ލިބިފައިވެ އެވެ.

ޕިއު އިން ފާހަގަ ކުރިގޮތުގައި މިދިޔަ އަހަރަށްވުރެ މިއަހަރު އިސްރާއީލުގައި ޝީއަށް އޮތް އިތުބާރު ވަނީ 6 ޕޮއިންޓް ދަށްވެފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް