ޑްރޯން މާއްދާއެއްގެ ގޮތުގައި ކިޔަވައިދެނީ

އިންޑިއާގެ ޑްރޯން ސޮލޫޝަން ފޯރުކޮށްދޭ ކުންފުނި އެރިއޯއިން ސިވިލްއިންޖިއަރިންގައި ޑްރޯނު ބޭނުން ކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. އެސްޖޭސީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޑްރޯން މެޕިން، ޖީއައިއެސް، ޑޭޓާ ޕްރޮސެސިންއާއި އަދި ރިމޯޓް ޕައިލެޓް ސެޓްފިކެޓަށް ކިޔަވައި ދެވޭނެއެވެ.

އެސްޖޭސީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަކީ، އެއަރޮސްޕޭސް، އެރޮނޮޓިކްސް، އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި ސިވިލް އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވައިދޭ މުއައްސަސާއެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް