ޕާކިސްތާން ސިފައިންނަށް ފަނޑިޔާރުންނަށް ޖާސޫސް ކުރާކަމުގެ ޝަކުވާ

ޕާކިސްތާންގެ ޝަރުއީ ދާއިރާއަށް ޖާސޫސީ އިދާރާތަކުން ވަދެގަނެ، ޖާސޫސް ކުރުމާ ދެކޮޅަށް ވާހަކަ ދެއްކި ޕާކިސްތާނުގެ ފަނޑިޔާރުންނަށް މިހާރު އަގު ވައްޓާލުމުގެ ކެމްޕޭނަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުން ވަދެގަތުމާ ދެކޮޅަށް އަޑުއުފުލި، އިސްލާމްއާބާދު ހައިކޯޓް ގެ ފަނޑިޔާރުން މިހާރު ވަނީ ޝަރުއީ ކަންކަމުގައި އެމީހުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އަޚްލާޤީ ގޮތުން ގޯސް ބައެއް ކަމަށް ދައްކާ ކެމްޕޭނެއްގެ ޝިކާރައަކަށް ވެފައެވެ.

މިއަހަރުގެ ކުރީކޮޅު އިސްލަމްއާބާދުގެ ހައިކޯޓުގެ އިސް ހަ ފަނޑިޔާރަކު ވަނީ ޕާކިސްތާނުގެ ނުފޫޒުގަދަ ޖާސޫސީ އިދާރާއިން ޝަރުއީ ކަންކަމަށް ވަދެ ސިއްރުން ފަނޑިޔާރުންނަށް ފާރަވެރިވާކަމަށާއި އެމީހުންގެ އާއިލާގެ މެމްބަރުން ވަގަށް ނަގައި އަނިޔާކުރުން ފަދަ “ބިރުދެއްކުމުގެ” އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ އިސް ގާޒީއަށް ސިޓީއެއް ލިޔުއްވާފަ އެވެ.

އަލްޖަޒީރާގެ ރިޕޯޓެއްގައިވާ ގޮތުން މާޗް 25 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ހައިކޯޓުގެ ހަ ފަނޑިޔާރުން ވަނީ ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ޕާކިސްތާނުގެ ޝަރުއީ ދާއިރާގެ އެންމެ އިސްފަރާތް ކަމުގައިވާ ސުޕްރީމް ޖުޑީޝަލް ކައުންސިލް (އެސްޖޭސީ) އާއި އިސްފަނޑިޔާރުންނަށް އެމީހުންގެ އިލްތިމާސް ދަންނަވާފައެވެ. އިސްލާމްއާބާދު ހައިކޯޓާއި އެހެން ހައި ކޯޓުތަކުން- ފަނޑިޔާރުން ވަނީ ޕާކިސްތާނުގެ ސިފައިންގެ އެންމެ އިސް އިންޓެލިޖެންސް އެޖެންސީ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އަށް ނިސްބަތްވާ އޮފިޝަލުންނަށް ކުރެވޭ ތުހުމަތުތައް ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

އިމްރާން ޚާންއާއި އޭނާގެ ޕާޓީގެ މެމްބަރުން ސީދާ ހަރަކާތަށް ނިކުތުމުން ސިފައިންނަށް ވަނީ މީގެ ކުރިން ޕާކިސްތާންގެ ތާރީޚުގައި ދިމާނުވާފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ހިއްސާ ކުރައްވާ!