އޭޝިއާގައި އެންމެ ބާރަަށް ތަރައްގީ ވާނެ އިގްތިސާދަކީ އިންޑިއާ ކަމަށާއި އިންޑިއާގެ އިގްތިސާދު ކަމަށާއި އަދި އިންޑިއާގެ އިގްތިސާދުގެ އިންޖީނަކީ އެގައުމުން ބާރަށް ކުރިއަށް ގެންދާ ކޮންސްޓްރަންޝަންގެ ދާއިރާކަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (ޑީބީން) ފާހަގަ ކޮށްފިއެވެ.
އޭޑީބީ އިން އެންމެ ފަހުން ޝާއިއުކުރި އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލޫކްގައި އިންޑިއާގެ އިގްތިސާދީ ކުރިއެރުމުގެ ލަފާ ބަޔާންކޮށްފައި ވަނީ 2024 ވަނަ އަހަރު 7 ޕަސެންޓުގައި ބަދަލެއް ނައައިސް ކުރިއަރަމުންދާނެ ކަމަށެވެ. އަދި އޭޑީބީ އިން އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ހަލުވި ކުރިއެރުމެއް ގައި ދަތުރު ކުރާނެ އިގްތިސާދު ކަމަށްވެސް ބުނެފައި ވެއެވެ.
އޭޑީބީން ވަނީ އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާ މޫސުމީ ބަދަލުތަކަށް ފަހު އަދި އަލުން ކުރިއަރާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އިންވެސްޓްމަންޓް ޑިމާންޑް އަދިވެސް އިތުރަށް ވަރުގަދަވެ، ޕަބްލިކް އިންވެސްޓްމަންޓު ގެ ދާއިރާ އިސްކޮށް އޮވެގެން ކުރިއަށް ދާނެ ކަން ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އޭޑީބީން ވަނީ ތަރައްގީވަމުން އަންނަ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމުގެ ލަފާ މިއަހަރު 5.0 ޕަސެންޓަށް މަތިކޮށްފަ އެވެ.